ވޭތުވެދިޔަ އަހަރު، ސާނަވީން އަޙްމަދިއްޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އާދަމް ނާއިޝް ނަސީމް ހޮވައިފިއެވެ. ނާއިޝް ވަނީ އަށް މާއްދާއިން އޭ ސްޓަރ ހޯދައި، ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ އާއި، ބިޒްނަސް އިން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައެވެ.

ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އަންޖުލް މުޙައްމަދު އަޖީލެވެ.
އަހުމަދިއްޔާގެ 66 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އެއްވަނައިގައި ހިމެނިފައި ވަނީ ހަތަރު ދަރިވަރުންނެވެ. އެއީ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވި ނާއިޝްއާއި ލަޔާން މުޙައްމަދު ރަޝީދުއާއި، ނަބީހާ ޔައުޤޫބުއާއި، ރަޒާން އިބްރާހިމް ރަޝީދެވެ.
ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވީ އަންޖަލް މުހައްމަދު އަޖީލެވެ. އޭނާ ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ އަށެވެ.
advertisment
ހިޔާލު