ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށް ޑރ. ފާތިމަތު ޝައިސްތާ ޢަލީ ހަމަޖައްސައިފިއެވެ. ހުވަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި ޑރ. ޝައިސްތާ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށް ހަމަޖެއްސެވީ މިއަދުއެވެ. އެނާ ވަނީ އެކަން ދަރިވަރު ނޫހަށް ކަށަވަރުކޮށް ދެއްވާފައެވެ.
ޑރ. ޝައިސްތާ އެ ސްކޫލަށް ނުކުންނަވަން ފައްޓަވާނީ އަންގާރަ ދުވަހުން ފެށިގެންނެވެ.
ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގައި ކުރިން ހުންނެވީ ޝިފާޒު މުޙައްމަދެވެ. އޭނާ އިސްތިއުފާ ދެއްވީ މަތީ ތަޢުލީމު ޙާޞިލް ކުރެއްވުމުގެ ގޮތުންނެވެ.
450 އެންހާ ދަރިވަރުން ކިޔަވަމުންދާ، ގދ. އަތޮޅު ތައުލީމީ މަރުކަޒުން ދަނީ އޯލެވެލްއާއި އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.
advertisment
ހިޔާލު