"އަވައްޓެރި ފުލުހުން" ކުރެހުމުގެ މުބާރާތުން އެއްވަނަ އުނގޫފާރު ސްކޫލްގެ ނީރަޖައަށް

އަވައްޓެރި ފުލުހުންގެ ހަފްތާގެ ޙަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުން އެއްވަނަ އުނގޫފާރު ސްކޫލްގައި ކިޔަވަމުންދާ ނީރަޖަ ސަސިކުމާރު ހޯދައިފިއެވެ. ދެވަނަ ހޯދި ޔޫސުފް އަކްޔަލް ޙުސައިނެވެ. ތިން ވަނަ އަކީ އަޙްމަދު އާހިލް ހަލީލެވެ.

ފުލުހުން ހިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަސް ފާހަގަކުރުމުގެ ގޮތުން، ސޯލަ އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލި މި މުވާރާތުގައި ބައިވެރި ކުރި ކުރެހުމުގެ ތެރެއިން އެންމެ މޮޅު ދިހަ ކުރެހުންވެސް ވަނީ ހޮވާފައެވެ.

އެއީ: މުޙައްމަދު އާއިދު، އާއިޝަތު ޝައިހާ އަޙްމަދު، މަރިޔަމް އީޝާ ވަލީދު، ޒެއިނާ އަޒްމަދު އަޙްމަދު، މުޙައްމަދު ރަފްޙާން ފާއިޒު، ޔޫދު ޢަލީ ޢަބްދުﷲ، ރާއިޔާ ރަޝީދު، ހިންދު ބިންތި ޢަލީ ނަސީމް، މަރިޔަމް ޝައިހާ ހާމިދު އަދި ޒައިނަބް ޔުނާލް އިބްރާހީމެވެ.

މި  މުބާރާތުގެ އެއްވަނަ އަށް 5000ރުފިޔާ، ދެވަނައަށް 3000 ރުފިޔާ، ތިން ވަނައަށް 2000 ރުފިޔާ ދޭން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *