ތިނަދޫ ކައުންސިލުގެ ޤުރުއާން މުބާރާތުން އެއްވަނަ ތިނަދޫ ސްކޫލަށް

ތިނަދޫ ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން- ފޮޓޯ: ތިނަދޫ ކައުންސިލް

ގދ. ތިނަދޫ ކައުންސިލުން އިމްތިޒާމްކޮށްގެން ބޭއްވި ޤުރުއާން މުބާރާތުގެ އެއްވަނަ ތިނަދޫ ސްކޫލުން ހޯދައިފިއެވެ.

މުޅި މުބާރާތުގެ އެއްވަނަ ހޯދުމުގެ އިތުރުން، ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ އިތުރުން ހާފިޒުންގެ ގޮފިން ވެސް އެއްވަނަ ތިނަދޫ ސްކޫލުން ހޯދިއެވެ. މުބާރާތުގެ ދެވަނަ އަބޫބަކުރު ސްކޫލުން ހޯދިއިރު ތިން ވަނަ ހޯދީ ގދ. އަތޮޅު ތަޢުލީމީމަރުކަޒުންނެވެ.

ފަސް ޢުމުރު ފުރައަކަށް ބަހާލައިހެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ގދ. އަތޮޅުގެ ހަތް ރަށަކުން 153 ދަރިވަރުން ބައިވެރިވިއެވެ.

ނުބަލައި ކިޔުމުން މުޅި މުބާރާތުން އެއްވަނަ ހޯދީ، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އާހިލް މުޙައްމަދު ޒާހިރެވެ. ދެވަނަ ހޯދީ ތިނަދޫ ސްކޫލްގެ އައިރީން އަމްޖަދެވެ. ތިން ވަނަ ހޯދީ، ހުވަދޫ ސްކޫލްގެ ރާހިން ބިން މުޙައްމަދުއެވެ. ބަލައިގެން ކިޔުމުގެ ގޮފިން އެއްވަނަ ހޯދީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޙައްމަދު ޝަޔާން ޝިޒާންއެވެ. ދެވަނަ ގދ. އަތޮޅު މަދަރުސާގެ އައިޝަތި އަޒާޒާ ބިންތި ލަމްރަތު ޖައުފަރު ހޯދިއިރު، ތިން ވަނަ ހޯދީ ވެސް ގދ. އަތޮޅު މަދަރުސާގެ މަރިޔަމް އަމްނާ މުޙައްމަދު ޝަރީފުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *