މުދައްރިސުންގެ ދުވަހުގެ ހަދިޔާއަކަށް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ބަދަލުކޮށްލީ މުދައްރިސުންގެ މަސައްކަތުގެ މާޙައުލު

މުދައްރިސުންގެ ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުން މަސައްކަތް ކުރަމުންއައި ސްޓާފް ރޫމަށް ބޮޑު ބަދަލުތަކެއް ގެނެސް އަލުން ހުޅުވައިފިއެވެ.

ސްޓާފު ރޫމް އަލުން ހުޅުއްވައި ދެއްވީ، ފާއިތުވި ދިރާސީ އަހަރު އެ މަރުކަޒުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެއްވި، އައިޝަތު ނާސިރެވެ. އޭނާ ކިޔަވައިދެއްވަނީ ފިޒިކްސްއެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސަޢުދުﷲ ވިދާޅުވި ގޮތުގައި، ސްޓާފް ރޫމަށް ބޮޑު ބަދަލެއް ގެންނަން ހުރިހާ މަސައްކަތެއް ކުރީ މުދައްރިސުން ފިޔަވައި ދެން ތިއްބެވި އެ މަރުކަޒުގެ ފިރިހެން ސްޓާފުންނެވެ.

އޭނާ ވިދާޅުވީ، މުދައްރިސުންނަށް ސަޕްރައިޒެއްގެ ގޮތުގައި މުޅި މާޙައުލު ބަދަލުކޮށްލީ، ސްކޫލުން އެއްވެސް ޚަރެއްދެއް ނުކޮށް، "ޒީރޯ ކޮސްޓުގައި" ކަމަށެވެ. މުދައްރިސުން ފިޔަވައި ފިރިހެން މުވައްޒަފުން މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވިއިރު، މަސައްކަތަށް ބޭނުންކުރި ފިލާ ހަދިޔާ ކުރީ އެ ސްކޫލްގެ އިސް ދަރިވަރެއް ކަމަށެވެ.

ދިގުމޭޒުތައް ވަށައިގެން ގޮނޑިތައް އަތުރާލައިގެން ކުރިން މަސައްކަތް ކުރި މުދައްރިސުން މިއަދު މަސައްކަތް ކުރަމުން ދަނީ އެމީހަކަށް ޚާއްސަކޮށްފައިވާ "ކެބިން" އެއްގައެވެ.

" އިށީންނާނެ ވަކި ގޮނޑިއެއް، ވަކިތަނެއް، ކުރިއަކުން އެއްވެސް މުދައްރިސަކަށް ޚާއްޞަ ވެފައެއް ނެތް. މިހާރު މި ގެނައި ބަދަލާއެކު ކޮންމެ މުދައްރިސަކު ވެސް މަސައްކަތް ކުރަމުން ދާނީ އެ މުދައްރިސަކަށް ޚާއްޞަކޮށްފައިވާ ވަކި ކެބިންއެއްގައި. ކޮންމެ މުދައްރިސަކަށް ހަމަޖެހިލައިގެން މިހާރު މަސައްކަތް ކޮށްލެވޭނެ" ސައުދުﷲ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، މުދައްރިސުންގެ ދުވަހަށް، މުދައްރިސުންނަށް ހިތްހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް ހޯދައިދިނުމަކީ އެއީ މުދައްރިސުންގެ ދުވަހު ލިބުނު އެންމެ ބޭނުންތެރި ހަދިޔާކަމަށް ތީޗަރުން ފާހަގަކުރައްވާ ކަމަށެވެ.

ގުރޭޑް 12އާ ހަމައަށް ކިޔަވައިދެމުންދާ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 400 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *