ތަޢުލީމާއި ތަޖުރިބާ ހޯދަން ބައެއް ސްކުލްތަކުގެ މެނޭޖްމަންޓް ޓީމެއް މެލޭޝިއާއަށް

ތަޢުލީމާއި ތަޖުރިބާ ދަތުރެއްގައި ބައެއް ސްކުލްތަކުގެ މެނޭޖްމަންޓް ޓީމެއް މެލޭޝިޔާއަށް ފުރައިފިއެވެ.

ނުވަ ދުވަހުގެ މި ދަތުރުގައި މެލޭޝިއާގެ އަމީނުއްދީން ބަކީ އިންސްޓިއުޓުން ކުރިއަށް ގެންދާ ވޯކްޝޮޕެއްގައި އެބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ދަތުގައި ބައިވެރިވެވަޑައިގެންނެވީ ޕްރިންސުޕަލުންނާޢި ސްކޫލްތަކުގެ މިޑްލް މެނޭޖްމަންޓްގައި ހިމެނިވަޑައިގަންނަވާ 65 ބޭފުޅުންނެވެ. ވޯކްޝޮޕްގެ އިތުރުން މެލޭޝިޔާގެ ބައެއް ސްކޫލްތަކަށް ޒިޔާރަތްކޮށް އެތަންތަނުގައި ކިޔަވާ ދެމުން ގެންދާގޮތުގެ މައުލޫމާތު ހޯދާނެއެވެ.

އަމީނުއްދީން ބަކީ އިންސްޓިއުޓުން ކުރިން ހިންގި މިފަދަ ވާކްޝޮޕެއްގައި ރާއްޖޭގެ 25 ޕްރިންސިޕަލަކު ވަނީ ދާދި ފަހުން ބައިވެރިވެވަޑައިގެންފައެވެ. އަދި 50 ޕްރިންސިޕަލަކު ވަނީ އިންޑިޔާއަށް މިފަދަ ދަތުރެއް ކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *