ރ. އަނގޮޅިތީމް ކައުންސިލުން އެރަށު ސްކޫލް މުދައްރިސުންނަށް، މުދައްރިސުންގެ ދުވަހު ދިނީ ސަޕްރައިޒް ރިސޯޓް ދަތުރެކެވެ.
އެ ސްކޫލުގެ ހުރިހާ ސްޓާފުންނާއި ކައުންސިލުގެ މެމްބަރުންނާއެކު، 32 މީހުންނަށް މި ސަޕްރައިޒް ދަތުރުގައި މަރުޙަބާ ކީ ކޯރާކޯރާ މޯލްޑިވްސް ރިސޯޓުންނެވެ.

އަނގޮޅިތީމް ކައުންސިލުގެ ނާއިބް ރައީސް މުޙައްމަދު ޝާހީން ވިދާޅުވީ، މުދައްރިސުންގެ ދުވަހު، މުދައްރިސުންނަށް ޚާއްޞަ ސަޕްރައިޒެއް ދިނުމަށް ކައުންސިލުން ނިންމި ނިންމުމަށް ކޯރާކޯރާ ރިސޯޓުގެ ފަރާތުން ދެއްވީ ޚާއްޞަ މެހުމާންދާރީއެއް ކަމަށެވެ. އަދި ރިސޯޓަށް ދިއުމުގެ ދަތުރުގެ ކަންތަށް ހަމަޖައްސަވައިދެއްވީ އުނގޫފާރުގެ ޕޮލިސްސްޓޭޝަނުން ކަމަށެވެ.
" އަޅުގަނޑުމެން ބޭނުންވީ ކުރިން ނުކުރާ ތަފާތު ކަމެއް، މުދައްރިސުންނަށް ސަޕްރައިޒެއްގެ ގޮތުގައި ކުރިއަށް ގެންދަން. އެކަން އަޅުގަނޑުމެންނަށް ފުރިހަމަ ކުރެވިއްޖެ" ޝާހީން ވިދާޅުވިއެވެ.

" ހުރިހާ މުދައްރިސުން ލޯންޗްގައި ގެންދިޔައީ ތަޖުރިބާ ދަތުރެއްގައި ކަމަށްބުނެ. ރިސޯޓާ ކައިރިކުރުމުން އެމީހުންނަށް އެނގޭނީ ވެސް ރިސޯޓަށްކަން ގެންދިޔައީ"
ޝާހީން ވިދާޅުވީ، ސަޕްރައިޒް ދަތުރާމެދު މުދައްރިސުން ތިބީ ހިތްހަމަޖެހިފައި ކަމަށާއި، އަންނަ އަހަރުވެސް ތަފާތު ކަމެއް އިންތިޒާމް ކުރަން ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ.

އަނގޮޅިތީމް ސްކޫލްގައި ސަތޭކައެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު