ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމަށް އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލުން އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޗެއާމަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ކޮލެޖްގެ ފަރާތުން ސޮއިކުރެެއްވީ ކޮލެޖްގެ ޗެއާމަން ޢަބްދު ﷲ މުސްތާޤެވެ. މިއަދު މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ބައްދަލުވުމުގައި ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވިއެވެ.

މި އެއްބަސްވުމުގެ ދަށުން ސްކޫލްގެ މުވައްޒަފުންނަށް ހިލޭ ތަމްރީނު ދިނުމުގެ އިތުރުން ކޮލެޖްގެ ޕްރޮގްރާމްތަކުގައި ކިޔަވަން ބޭނުންވާ، މިސްކޫލްގެ މުވައްޒަފުންނަށް 15% ޑިސްކައުންޓެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ސްކޫލަށް ކޮލެޖުންވަނީ މިއަދު ސްކޮލަރޝިޕެއް ދެއްވާފައެވެ.

މިއެއްބަސްވުމުގެ ދަށުން ކޮލެޖްގައި އާރލީޗައިޑްހޫޑް އެޑިއުކޭޝަން ދާއިރާއިން ތަޢުލީމު ޙާޞިލުކުރާ ފަރާތްތަކަށް ސްކޫލުން ތަމްރީނު ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *