ލަންދޫ ސްކޫލްގެ ބެލެނިވެރިންގެ ހަފްތާއިން ފެނުނީ އެ ސްކޫލާއި ބެލެނިވެރިންގެ މެދުގައި އޮތް ގުޅުން

ނ. ލަންދޫ ސްކޫލްގެ ބެލެނިވެރިންގެ ހަފްތާއިން ފެނުނީ އެ ސްކުލާއި ބެލެނިވެރިންނާ އޮތް ގުޅުމެވެ.
ބެލެނިވެރިންގެ ހަފްތާގައި މި އަހަރު ގެންދިޔައީ މައިގަނޑު ހަތަރު ޙަރަކާތެކެވެ. މުބާރާތްތައް ކުރިއަށް ގެންދިޔައީ ބެލެނިވެރިން ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. މާސްޓަރޝެޕް ޚާއްޞަ ކުރީ ފިރިހެން ބެލެނިވެރިންނަށެވެ. ކުޅިވަރުތަކުގައި ނަގާކީ އަންހެން ބެލެނިވެރިންނެވެ.
ލަންދޫ ސްކޫލުން ބުނީ، ބެލެނިވެރިންގެ ހަފްތާގައި ކުޅިވަރުގެ ގޮތުގައި ކުރިއަށް ގެންދިޔައި ފައިގެތަޅާއާއި ސްޕޯޓްސްމީޓްއެވެ.


" މިއިން މޮންމެ ޙަރަކާތަކުން ވެސް ފެނިގެން ދިޔައީ ބެލެނިވެރިންނާއި ސްކޫލާ އޮތް ގުޅުން. ޚާއްޞަކޮށް ފިރިހެން ބެލެނިވެރިން ވެސް ހަފްތާގެ ހަރަކާތްތަކުގައި ޚާއްޞަ ސަމާލުކަމެއް ދީގެން ބައިވެރިވި" ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފު އަބްދުއްރަޙީމް ވިދާޅުވިއެވެ.
" މާސްޓަރ ޝެފް، ފިރިހެން ބެލެނިވެރިންނަށް ޚާއްޞަ ކުރީ ވެސް އެ ބެލެނިވެރިންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރަން"


200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ލަންދޫ ސްކޫލްގެ ބެލެނިވެރިންގެ ހަފްތާ މިފަހަރު ފެށީ، ފެނަކައިން ހަދިޔާ ކުރި ބެލެނިވެރިންގެ ހިޔާ ހުޅުވުމަށްފަހުއެވެ.
ބެލެނިވެރިންގެ ހަފްތާ ނިންމާލުމުގެ ގޮތުން ޚާއްޞަ ޑިނަރނައިޓް" އެއް އެ ސްކޫލްގެ ހުރިހާ ސްޓާފުންގެ ފަރާތުން ވަނީ ބެލެނިވެރިންނަށް ބާއްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *