އިހަވަންދޫ ސްކޫލްގައި "ޔަންގް ފިޝަރސް ކުލަބު" އުފައްދައިފި

މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުންގެ އެހީތެރިކަމާއެކު އިހަވަންދޫ ސްކޫލްގައި "ޔަންގް ފިޝަރސް ކުލަބު" އުފައްދައި އެ ކުލަބު އިފްތިތާޙުކޮށްފިއެވެ.

ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް އުފެއްދި "ޔަންގް ފިޝަރސް ކުލަބު" އިފްތިތާޙުކޮށް ދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަނެވެ.

ފިޝަމަންސް އެސޯސިއޭޝަނުން ބުނީ، ޒުވާނުންގެ ޝަޢުޤު މަސްވެރިކަމުގެ ދާއިރާއަށް ކުޑަވާތީ، ސްކޫލު މާޙައުލުގައި ކުދިން މަސްވެރިކަމަށް ޝަޢުޤު އުފެއްދުން މުހިންމު ކަމަށެވެ.

ފިޝަމަންސް އެސޯސިއޭޝަންގެ ޗެއަރަމަން މައިޒަން އަހުމަދު މަނިކު ވިދާޅުވީ، އިހަވަންދޫއަކީ ޒުވާނުން މަސްވެރިކަމުގެ ތެރެއަށް ނުކުންނަމުންދާ ރަށެއް ކަމަށާއި، ކުލަބު އުފެއްދުމުގެ ޚިޔާލު އިހަވަންދޫ ސްކޫލަށް ދިނުމުން ޕްރިންސިޕަލާއި ޓީޗަރުންގެ ފަރާތުން ލިބުނީ ވަރަށް ބޮޑު ތަރުޙީބެއް ކަމަށެވެ. އެހެންވެ އެންމެ "ޔަންގް ފިޝަރސް ކުލަބު" އެންމެ ފުރަތަމަ އުފައްދަން ނިންމީ އިހަވަންދޫ ސްކޫލްގައި ކަމަށެވެ.

އިހަވަންދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މުޙައްމަދު އަބްދުއްސަމަދު ވިދާޅުވީ، "ޔަންގް ފިޝަރސް ކުލަބު"ގައި އުގަންނައިދޭ ކަންތައްތަކުން ޤައުމީ މަންހަޖުގައި ބަޔާންކޮށްފައިވާ ގިނަ ޤާބިލިއްޔަތު ތަކެއް ޙާޞިލް ކުރެވޭ ކަމަށެވެ.

"ޔަންގް ފިޝަރސް ކުލަބު" މެމްބަރުންނަށް މެމްބަރު ކަމުގެ ތޮއްޕާއި ބެޖް ވަނީ އެ ރަސްމިއްޔާތުގައި ހަވާކުކޮށްފައެވެ. ސީ ސްކައުޓް ކޮންސެޕްޓަށް ކުރިއަށް ގެންދާ ކުލަބު ހަރަކާތެއްގެ ގޮތުގައި މަސްވެރިކަމުގެ ސިނާއަތާ ގުޅުން ހުރި ޕްރޮގްރާމްތައް ހިންގާނެއެވެ. ދަރިވަރުންނަށް ބެޖް ލިބެނީ މި ޕްރޮގްރާމްތަކުގެ އެހީގައި ކުރިއަށް ގެންދާ ކަންތައްތައް ފުރިހަމަ ކުރަމުންދާ ވަރަކުންނެވެ. އެހެން ހަރަކާތެކޭ އެއްގޮތަށް "ޔަންގް ފިޝަރސް ކުލަބު"ގެ މެމްބަރުންނަށް ޚާއްޞަ ޔުނީފޯމެއް ވެސް ބޭނުން ކުރާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *