އައްޑޫ ސިޓީ ނޫރާނި ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާން ކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައި ވަނީ އެ ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަޤާމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މި މަހުގެ ނުވަ ދުވަހާ ހަމައަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
200 އެންހާ ދަރިވަރުން ކިޔަވަމުންދާ ނޫރާނީ ސްކޫލްގައި، ދިރާސީ އާ އަހަރު ފެށުނު އިރުވެސް ދާއިމީ ޕްރިންސިޕަލަކު ނެތެވެ. އެ ސްކޫލްގެ ކަންތައްތައް ބަލަހައްޓަމުން އައީ އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައި ވަނީ، ޕްރިންސިޕަލްކަމުގެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި އެސެސްމަންޓް އޮންނާނެ ތަން ކުރިމަތި ލި ފަރާތްތަކަށް އަންގާނެ ކަމަށެވެ.
އިޢުލާނުގައި ބުނެފައިވާ ގޮތުން ރޭންކު އެކެއްގެ ޕްރިންސިޕަލެއްގެ މުސާރައަކީ 16،647ރ. އެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 9،534 ރުފިޔާ ލިބޭ އިރު، ހާޒިރީ އިނާޔާތުގެ ގޮތުގައި 258ރުފިޔާ ލިބެއެވެ. ރޭންކް ދޭއްގެ ޕްރިންސިޕަލަކަށް 17،985ރުފިޔާ މުސާރައެއްގެ ގޮތުގައި ލިބޭއިރު، މަގާމުގެ އެލަވަންސްގެ ގޮތުގައި 10،300ރުފިޔާ އަދި ހާޒިރީ އިނާޔަތެއްގެ ގޮތުގައި 279ރުފިޔާ ލިބެއެވެ.
advertisment
ހިޔާލު