ދިރާސީ އާ އަހަރު މަތީ ސާނަވީގެ ގުރޭޑް 11ގެ ކިޔެވުން މިއަދު ފަށައިފިއެވެ. ގުރޭޑް އެގާރައަށް ކިޔަވައިދޭން ފެށިއިރު، ކިޔަވަން ފެށީ ކިހާ ދަރިވަރުންނެއް ކަމެއް ސާފުވާގޮތެއް ނުވިއެވެ.
މަތީ ސާނަވީއަށް ކިޔަވާ ހުރިހާ ސްކޫލުތަކުން ވަނީ ދަރިވަރުންނަށް މަރުޙަބާ ކިޔާފައެވެ.
މާލޭގައި އޭލެވެލްއަށް ކިޔަވައިދެނީ ސީއެޗްއެސްއީގެ އިތުރުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުންނެވެ. ސީއެޗްއެސްއީގައި މި އަހަރު ގުރޭޑް އެގާރަށް 711 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އެ ސްކޫލުން ބުނެފައި ވަނީ މަތީ ސާނަވީއަށް ކިޔަވަން ހުށަހެޅި، ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުޞަތު ދީފައިވާ ކަމަށެވެ.
މާލެއެކޭ އެއްގޮތަށް އަޔޮޅުތެރޭގެ ސްކޫލްތަކުގެ ތެރެއިން އޭ ލެވެލްއަށްކިޔަވައިދޭ ހުރިހާ ސްކޫލެއްގައި ވެސް މިއަދު ވަނީ ކިޔެވުން ފަށާފައެވެ.
އޭލެވެލްއަށް ކިޔެވުމަށް ސަރުކާރު ސްކޫލްތަކުން ފުރުޝަތު ދެނީ ދިވެއްސާއި އިސްލާމް ހިމެނޭހެން ފަސް މާއްދާއިން ފާސްވާ ދަރިވަރުންނަށެވެ.
ހުރިހާ އަތޮޅެއްގައި ވެސް މިހާރު އޭލެވެލްއަށް ކިޔަވައިދެއެވެ.
advertisment
ހިޔާލު