ތޮއްޑޫ ސްކޫލްގައި ގުރޭޑް 11 އަށް ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ. އެ ދަރިވަރުންނަށް ސްކޫލާއި ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ތޮއްޑޫ ސްކޫލުން ބުނީ، ދިހަ ދަރިވަރުން ކިޔަވަން ފަށާނެ ކަމަށް ބެލެވުނުކަމަށާއި، ތަފާތު ސަބަބުތަކާހުރެ ދެ ދަރިވަރަކަށް ކިޔަވަން އާދެވޭ ގޮތް ނުވިކަމަށެވެ.
" މިފަހަރު ރަށުން ބޭރު ކުއްޖަކު ނާދޭ" ލީޑިންގ ޓީޗަރު މަރިޔަމް ލިއުޝާ ވިދާޅުވިއެވެ.

ތޮއްޑޫ ސްކޫލްގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް ގިނަ އިނާޔަތްތަކެއް އެރަށު ކައުންސިލުން އަންނަނީ ދެމުންނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ގުރޭޑް އެގާރައަށް ވަންނަ ދަރިވަރުންނަށް އެލަވަންސެއްގެ އިތުރުން، އެރަށުން ބޭރު ދަރިވަރުންނަށް ހުރުމާއި ކެއުމުގެ އިންތިޒާމް ވެސް ހަމަޖައްސަން އޮތީ ހަމަޖައްސާފައެވެ.

ލިއުޝާ ވިދާޅުވީ، ރަށުން ބޭރުން އަންނަން ދެކުއްޖަކު ޝައުޤުވެރިކަން ފާޅުކުރި ނަމަވެސް ފަހުވަގުތު އެކުދިން އެހެން ސްކޫލްތަކަށް ވަދެފައިވާ ކަމަށެވެ.
އަށް ދަރިވަރުން ކިޔަވަމުން ދިޔަ ނަމަވެސް ސައިންސާއި ބިޒްނަސް ސްޓްރީމް އެ ސްކޫލްގައި ކުރިއަށް ގެންދާނެއެވެ.
advertisment
ހިޔާލު