ޅ. އަތޮޅު ތަޢުލީމީ މަރުކަޒަށް، މެމްބަރު ޖީހާނާއި އެމްޑަބްލިއުއެސްސީ 10 ކޮމްޕިއުޓަރު

ހިންނަވަރުގައި ހުންނަ ޅ. އަތޮޅު ތަޢުލީމީމަރުކަޒަށް، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދާއި މޯލްޑިވްސް ވޯޓަރއެންޑް ސްވަރޭޖް ކޮމްޕަނީ (އެމްޑަބްލިއުއެސްސީ)ން ދިހަ ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކުރައްވައިފިއެވެ.

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުން ބުނީ، ޖީހާނާއި އެމްޑަބްލިއުއެސްސީން ހަދިޔާ ކުރި ކޮމްޕިއުޓަރުތައް ބޭނުން ކުރާނީ ކޮމްޕިއުޓަރ ލެބުގައި ކަމަށެވެ.

" ހަދިޔާގެ ގޮތުގައި މި ލިބުނު 10 ކޮމްޕިއުޓަރާއެކު އެއްފަހަރާ ލެބް ބޭނުން ކުރެވޭ ކުދިންގެ އަދަދު ގިނަވެގެންދާނެ. އޭގެ ފައިދާ ޓީޗަރުންނަށް ވެސް ކުރާނެ" ލިޑިންގ ޓީޗަރު ހައްވާ މީޒާ ވިދާޅުވިއެވެ.

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 546 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *