ޤައުމީ ދުވަހާގުޅޭ މައުލޫމާތު 4000 ދަރިވަރުންނަށް

ޤައުމީ ދުވަހާގުޅޭ މައުލޫމާތު 4000 ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

ދިވެހި ބަހުގެ އެކެޑަމީން ކުރިއަށް ގެންދިޔަ، މި މައުލޫމާތު ދިނުމުގެ ދަންފަޅިތަކުގައި ރާއްޖޭގެ 140 ސްކޫލަކުން ބައިވެރިވިއެވެ.

މި މައުލޫމާތު ދިނުމުގެ ދަންފަޅީގައި ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ.

އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ ދިވެހީންނަށް ދިވެހީންނޭ ބުނުމުގެ ބާރާއި އިޚްތިޔާރު ލިބުނީ ދިވެހި ބަހުގެ ސަބަބުންކަމަށާއި، ދުނިޔޭގެ އެހެން މީހުންނާ އަޅުގަނޑުމެން ވަކިކޮށް ދެނީ ވެސް ދިވެހި ބަހުގެ ސަބަބުން ކަމަށެވެ.

ޑރ. އަޝްރަފު ވިދާޅުވީ، ތައުލީމީ ނިޒާމްގެ 99.9 އިންސައްތަ ބިނާވެފައި އޮތީ އިނގިރޭސިބަހުގެ މައްޗަށް ކަމަށެވެ. އޭގެ ސަބަބުން ދަރިވަރުންގެ ވިސްނުމާއި ދަރިވަރުންގެ ފޮތްތެރިކަމާއި އަމަލީ މަސައްކަތް ބިނާވެފައި ވަނީ އިނގިރޭސިބަހުގެ މައްޗަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ ގައިގައި ހުންނަން ޖެހޭ ދިވެހި ވެށީގެ ކަންކަމުގެ ވިސްނުން ކޮށިވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިސާލެއްގެ ގޮތުގައި ފާހަގަކުރައްވަމުން ޑރ. އަޝްރަފު ވިދާޅުވީ، މަސްވެރިކަން ކުރުމާއި ލޭނު އެޅުމާއި ފަރުމަސް ބާނަން ދިއުމާއި ވަދު ހައްލަން ދިއުމާއި ވަދު ކޫއްތަން ދިއުމާއި ބޮޑު މަސް ބާނަން ދިއުމާ މި ހުރިހާ އެއްޗެއްގެ ނަންތައް އިނގިރޭސި ބަހަށް ބަދަލުވެ ދިވެހި ބަހުގެ މުއްސަނދިކަން ގެއްލިދާން ފަށާފައިވާކަމާއި، އެކަން އެހެންވީ އިނގިރޭސި ބަހުން ފިޝަރީޒް ސައިންސްގެ މާއްދާ ކިޔަވައިދޭން ފެށުމުން ކަމަށެވެ.

"މިއަދު ލޭނުއެޅުމެއް ވެސް ނެތް، ވަދާ ދިއުމެއް ވެސް ނެތް. ހުރިހާ އެއްޗެއް އިނގިރޭސިއަށް ބަދަލުވީ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *