ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން، އަންނަމަހު 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން އަންނަ އޮކްޓޯބަރު މަހުގެ 12 އަދި 13 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ޔުނިވަރސިޓީގެ އަށް ފެކަލްޓީއަކުން 344 ދަރިވަރުން މިފަހަރު ދަސްވެނިވާނެއެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، ދަސްވެރިވުމުގެ ރަސްމިއްޔާތު ތިން ދަންފަޅިއަކަށް ކުރިއަށް ގެންދާނެ ކަމަށެވެ. އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ހެނދު ބާއްވާ ދަންފަޅީފައި އޮންނާނީ ފެކަލްޓީ އޮފް އާޓްސްއާއި ފެކަލްޓީ އޮފް ޝަރީއާއެންޑް ލޯ އާއި ފެކަލްޓީ އޮފް އެޑިއުކޭޝަނުން ދަސްވެނިވާ ދަރިވަރުންނަށް ލިޔުން ހަވާލުކުރުމެވެ. އެރޭ އޮންނާނީ އިންޖިނިއަރިންގ، ސައެންސް އެންޑް ޓެކްނޮލޮޖީއާއި ފެކަލްޓީ އޮފް ނަރސިންއާއި ފެކަލްޓީ އޮފް ހެލްތ ސައެންސުން ދަސްވެނިވާ ދަރިވަރުންނަށް ލިޔުން ހަވާލުކުރުމެވެ. އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ހެނދު އޮންނަ ތިންވަނަ ދަންފަޅީފައި ދަސްވެނިވި ކަމުގެ ލިޔުން ހަވާލުކުރުން އޮންނާނީ ފެކަލްޓީ އޮފް ހޮސްޕިޓލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާއި ބިޒްނަސް ސްކޫލުގެ ދަރިވަރުންނަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *