އިންޖިނިއަރުންގެ ބައިނަލް އަޤުވާމީ ކޮންފަރެންސް މިއަހަރު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.
ތުރުކީގެ އަކްސަރީ ޔުނިވަސިޓީން އިންތިޒާމްކުރާ މި ކޮންފަރެންސް ރާއްޖޭގައި ރާއްޖޭގެ ޤައުމީ ޔުނިވަސިޓީއާއި ޔުނިވަސިޓި އޮފް މޮރިޝަސްއާ ގުޅިގެންނެވެ. ޤައުމީ ޔުނިވަރސިޓީން ބުނީ، މި ކޮންފަރެންސް އޮންނާމީ އަންނަ ނޮވެމްބަރު މަހުގެ 16 އިން 18 އަށެވެ. މިއީ އިލެކްޓްރޯނިކް، ކޮމްޕިއުޓާ، ކޮމިއުނިކޭޝަންސް އެންޑް މެކެޓްރޮނިކްސް އިންޖިނިއަރިންގ (އައިސީއީސީސީއެމްއީ) ކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، ބައިނަލްއަގުވާމީ ފެންވަރުގެ އިންޖިނިއަރުން އެއްތަނަކަށް އެއްވެ، އިލެކްޓްރިކް، ކޮމްޕިއުޓަރު، ކޮމިއުނިކޭޝަނާއި މެކަޓްރޮނިކް އިންޖިނިއަރިންއާ ގުޅޭ އެތައް މައުލޫމާތެއް ހުށަހަޅައި ޚިޔާލު ބަދަލުކުރާނެ ކަމަށެވެ.
އެމްއެންޔޫ އިން ބުނީ އެ ކޮންފަރެންސްގައި ކަމާގުޅޭ އިދާރާތަކުގެ ދާއިރާގެ ތަޖުރިބާކާރުންނާއި، ތައުލީމީ ބޭފުޅުންނާއި އަދި އިންޖިނިއަރުން އެއްވެ، އިލެކްޓްރިކް، ކޮމްޕިއުޓަރު، ކޮމިއުނިކޭޝަން އަދި މެކަޓްރޮނިކް އިންޖިނިއަރިންއާ ގުޅޭ މައުލޫމާތާއި ހިޔާލު ހިއްސާކުރާނެ ކަމަށެވެ. މި ކޮންފަރެންސަށް 400 އެންހާ ރިސާރޗް ކަރުދާސް ހުށަހަޅާނެއެވެ. އޮންލައިންކޮށް ވެސް ރިސާރޗް ޕޭޕަރުތައް ހުށަހެޅޭގޮތަށް މި ސެމިނަރ އިންތިޒާމްކޮށްފައިވާއިރު، 165 ޕޭޕަރު އޮންލައިންކޮށް ހުށަހަޅާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.
ތިން ދުވަހަށް ދިގުދެމިގެންދާ މި ކޮންފަރެންސްގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރަންޖެހޭނީ އައިސީއީސީސީއެމްއީގެ ވެބްސައިޓުގައިވާ ހާއްސަ ލިންކެއް މެދުވެރިކޮށެވެ.
advertisment
ހިޔާލު