ފާއިތުވި 2020/2021 ވަނަ އަހަރު ޖަމާލުއްދީން ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ޙަސަން ބަނީން ސުރޫރު ހޯދައިފިއެވެ.
ފާއިތުވި ދިރާސީ އަހަރުގެ ޖަމާލުއްދީން ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާ އޮތީ ރޭ އެ ސްކޫލްގައެވެ. ޝަރަފުވެރިކޮށް ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

ފާއިތުވި އަހަރު ޖަމާލުއްދީން ސްކޫލްގެ އެންމެ މޮޅު ދެވަނަ ދަރިވަރަކަށް ހޮވުނީ، ނައްޔިރާރާ އަބްދުﷲ އެވެ. ތިންވަނަ ދަރިވަރަކަށް ހޮވުނީ މުޙައްމަދު ރާއިދެވެ. ބަނީންއާއި ރާއިދު ވަނީ ސާނަވީގައި ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. ބައެލޮޖީއާއި ފިޒިކްސް އިން މުޅި ރާއްޖެއިން އެއްވަނަ ބަނީން ހޯދިއިރު، ރާއިދު ވަނީ ޓްރެވަލް އެންޑް ޓޫރިޒަމުން ދުނިޔެއިން ފަސްވަނަ ހޯދާފައެވެ.
ސާނަވީ އިމްތިޙާނުގައި ޖަމާލުއްދީނުގެ 115 ދަރިވަރުން ބައިވެރިވެ 39 ދަރިވަރުން ފާއިތުވި އަހަރު ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އެ ސްކޫލްގެ 82.14 އިންސައްތައް ދަރިވަރުން ފަސް މާއްދާއިން ފާސްވެފައިވެއެވެ.
advertisment
ހިޔާލު