ފެނަކައިން ހަދިޔާކުރީ ލަންދޫ ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް ހިޔާވައްސެއް

ފެނަކައިން ލަންދޫ ސްކޫލްގެ " ދަރިވަރުންނާއި ބެލެނިވެރިންނަށް ހިޔާވައްސެއް އަޅާދީފިއެވެ. މިއީ އެ ސްކޫލަށްދާ ދަރިވަރުންނާއި ބެލެނިވެރިން ހިޔާވެލައިގެން ތިބުމަށް، ސީއެސްއާރުގެ ދަށުން އެކުންފުނިން ހަދައިދިން ތަނެކެވެ.

ބެލެނިވެރިންގެ ހިޔާ ހުޅުވައިދެއްވީ ފެނަކަ ބުރާންޗުގެ ސްޓޭޝަން މެނޭޖަރ އަބުދުއްﷲ އާރިފާއި ލަންދޫ ސުކޫލު ޕީޓީއޭ ގެ ނައިބު ރައީސާ ހައްވާ ސުޖާދާއެވެ. ބެލެނިވެރިންގެ ހިޔާ ލަންދޫ ސުކޫލާއި ރަސްމީކޮށް ހަވާލު ކޮށްދެއްވީ ފެނަކަ ލަންދޫ ބުރާންޗުގެ ޑެޕިއުޓީ މެނޭޖަރ އަލްފާޟިލް މާޖިދު މުހައްމަދެވެ. ލަންދޫ ސުކޫލުގެ ފަރާތުން ބެލެނިވެރިންގެ ހިޔާ އާ ހަވާލުވެވަޑައިގެންނެވީ ލަންދޫ ސުކޫލުގެ ޕްރިންސިޕަލް ޔޫސުފް އަބުދުއްރަޙީމެވެ.

މިރަސްމިއްޔާތުގައި ލަންދޫގެ އެކިއެކި މުވައްސަސާތަކުގެ ވެރިންނާއި ފެނަކަ ލަންދޫ ބުރާންޗުގެ ސްޓާފުންނާއި ޕީޓީއޭ ގެ މެމްބަރުންގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ދަރިވަރުންވަނީ ބައިވެރިވެފައެވެ.

ބެލެނިވެރިންގެ ހިޔާ ހުޅުވައި ދިނުމަށްފަހު، ފެނަކަ ބުރާންޗުގެ ސްޓޭޝަން މެނޭޖަރ އަބުދުއްﷲ އާރިފް ވިދާޅުވީ، އެކުންފުނީގެ ފަރާތުން ލަންދޫ ސްކޫލްގައި ނަމާދުކުރާތަނެއް އަޅަން ނިންމާފައިވާ ކަމަށާއި، ކުރިއަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށެވެ. އޭނާ ވަނީ ތަރައްޤީގެ އެފަދަ މަސައްކަތްތަކުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސަޢީދު ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.

ލަންދޫ ސުކޫލުގެ ޕްރިންސިޕަލް ޔޫސުފް އަބުދުއްރަޙީމު ވަނީ، އެފަދަ ހިޔާއެއް އެ ސްކޫލްގެ ބެލެނިވެރިނަށް އަޅައިދިން ކަމަށްޓަކައި ފެނަކަ ލަންދޫ ބުރާންޗެގެ އެންމެހާ ސްޓާފުންނަށާއި އެހީތެރިވި ހުރިހާ ބެލެނިވެރިން އަށް ޝުކުރު ދަންނަވާފައެވެ.

އޭނާ ވިދާޅުވީ، ބެލެނިވެރިންގެ ހަފްތާފެށުމުގެ ގޮތުން މިލިބުނު ބެލެނިވެރިންގެ ހިޔަލުގެ އެންމެ ފޮނިމީރުކަން ލިބޭނީ އިންދިފައިވާ ގަސްތައް ބޮޑެތިވުމުން ކަމަށެވެ.

"މިހިޔަލުގެ ބޭނުން އަޅުގަނޑުމެން އެދެވޭ ގޮތުގައި ކުރާނަން. ދަރިވަރުނެ އެސެމްބުލީ އާއި ބެލެނިވެރިންގެ ބައްދަލުވުންތައް ކުރިއަށްގެންދާނީ މިތަނުގައި.  އަޅުގަނޑުމެންގެ ސުކޫލަށް ބޮޑެތި ކުރިއެރުމާއި ނަތީޖާ ރަގަނޅު ވެގެންމިދަނީ ބެލެނިވެރިންނާއި ރަށުގެ މުވައްސަސާތަކުގެ މެދުގައި މިއޮންނަ ބަދަހި ގުޅުމުގެ ސަބަބުން. ވަކިން ހާއްސަކޮށް ކައުންސިލުގެ ފަރާތުން ލަންދޫ ސުކޫލަށް ލިބެމުންދާ އެއްބާރުލުމުގެ ސަބަބުން" ޔޫސުފު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *