އޭޝިއާ ފައުންޑޭޝަނުން 9،778 ފޮތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހަދިޔާކޮށްފިއެވެ. އެ ފައުންޑޭޝަނުގެ ފަރާތުން ހަދިޔާކުރި ފޮތްތަކާ ހަވާލެވަޑައިގެންނެވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.
އޭޝިއާ ފައުންޑޭޝަނުން އަންނަނީ ފޮތްތެރިކަމަށް ކުދިން އަހުލުވެރިކުރުވުމަށް "ލެޓްސް ރީޑް" ގެ ނަމުގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. "ލެޓްސް ރީޑް" ޕްރޮގްރާމުގެ ދަށުން ކުޑަކުދީންގެ 100 ވާހަކަ ދިވެހިބަހަށް ވަނީ ތަރުޖަމާ ކޮށްފައެވެ. އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ދިވެހި ވާހަކަ ތަރުޖަމާކޮށް އޮންލައިން މަންސައެއްގައި ޝާއިޢުކޮށް ލެޓްސް ރީޑް ޕްރޮގުރާމްގެ މަސައްކަތް ތާރީޚުގެ ތެރެއަށް ވަދެފައިވާ އިރު މި ފޮތްތައް ޝާއިޢުކޮށްފައި މިވަނީ އެންމެ ފަސް މަސްދުވަހުގެ ތެރޭގައެވެ.
އޭޝިއާ ފައުންޑޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އިސްނެގުމުގެ މަތިން ދިވެހިބަހުގެ އެކެޑެމީއާއި ނެޝަނަލް ލައިބްރަރީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ވާހަކަތައް ޝާއިޢުކޮށްފައިވާ މަންސައަކީ އެކި ލެވެލްތަކަށް ފޮތްތައް ބަހާލައި ޢުމުރާ ގުޅޭ އެކި ވާހަކަތައް ކިޔުމަށް މަގުފަހިވާނެ ގޮތަށް ފަރުމާކޮށްފައިވާ މަންސައެކެވެ.
advertisment
ހިޔާލު