އިންސްޓިޓިއުޓް އޮޑިޓް ގަވާއިދާއި ގައިޑްލައިނަށް އަހުލުވެރިކުރުވަން ބައްދަލުވުމެއް ބާއްވައިފި

އޮޑިޓް ގަވާއިދާއި ގައިޑްލައިން އަދި މެނުއަލް ގައި ހިމެނޭ ޤަވާއިދުތަކާއި، އުސޫލުތަކާއި، ސްޓޭންޑަޑްތަކާ ގުޅޭ ގޮތުން މަތީ ތަޢުލީމު ދޭ މަރުކަޒުތައް އަހުލުވެރި ކުރުވުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ސެމިނާރއެއް ބާއްވައިފިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ މި ސެމިނާރ ގައި މަތީ ތަޢުލީމުދޭ 35 މަރުކަޒަކުން ބައިވެރިވެފައި ވެއެވެ. މި ސެމިނަރ ކުރިއަށް ގެންގޮސްފައި ވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓް ކޮށްގެން ކޯސްތައް ހިންގާ ފަރާތްތަކަށް އަމާޒު ކޮށްގެންނެވެ. މި ޓްރެއިނިންގ ގެ އަމާޒަކީ މި އަހަރަށް އަމާޒުކޮށްގެން އެމް.ކިއު.އޭ އިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އިންސްޓިޓިއުޝަނަލް އޮޑިޓްގެ މަސައްކަތްތަކަށް މަތީ ތަޢުލީމުދޭ މަރުކަޒުތައް ހޭލުންތެރި ކުރުވުމެވެ.

އެގޮތުގެ މަތިން ޤާނޫނު ނަންބަރު 2021/7 (މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން މަދުވެގެން 3 އަހަރުން އެއް ފަހަރު މަރުކަޒުތަކުގެ އިންސްޓިޓިއުޝަނަލް އޮޑިޓެއް ހަދައި، ޢާންމު ކުރުމަށް ކަނޑައަޅާފައިވާއިރު، އެމް.ކިއު.އޭ އިން ކުރިއަށް ގެންދާ އިންސްޓިޓިއުޝަނަލް އޮޑިޓް ގައި މި އަހަރު، ދިވެހިރާއްޖޭގައި މަތީ ތަޢުލީމުދޭ 12 މަރުކަޒެއްގެ އޮޑިޓް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *