ތަޢުލީމާއި ތަޖުރިބާގެ ދަތުރެއްގައި 25 ޕްރިންސިޕަލުން މެލޭޝިޔާއަށް

ތަޢުލީމާއި ތަޖުރިބާގެ ދަތުރެއްގައި 25 ޕްރިންސިޕަލުން މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުގައި މެލޭޝިޔާގެ އަމީނުއްދީން ބަކީ އިންސްޓިއުޓުން ކުރިއަށް ގެންދާ ސާދަ ދުވަހުގެ ވޯކްޝޮޕެއްގައި ޕްރިންސިޕަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ޕްރިންސިޕަލުންނަށް ތަޖުރިބާ ހޯދައިދޭން މިދަތުރު ހަމަޖެއްސީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ އެ އިންސްޓިޓިއުޓާ ގުޅިގެންނެވެ.

ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ އެއް އަހަރުގެ ޕްރޮގްރާމެއް މިހާރު ވެސް މެލޭޝިޔާގައި ކުރިއަށް އެބަގެންދެއެވެ. އޭގެ އިތުރުން 50 ޕްރިންސިޕަލަކު ވަނީ އިންޑިޔާގައި މިފަދަ ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *