ކަލާފާނު ސްކޫލްގެ ކެޕްޓަނަކަށް ޔަމީން

ކަލާފާނު ސްކޫލްގެ މަގާމްތަކަށް ހޮވުނު ދަރިވަރުން މިއަދު ހުވާކޮށްފިއެވެ. މިއަދު ހެނދުނު ބޭއްވި ޚާއްޞަ އެސަމްބްލީގައި އެ ސްކޫލްގެ މަޤާމްތަކަށް ހޮވުނު 14 ދަރިވަރުންނާއި ޕްރިފެކްޓުންގެ ގޮތުގައި ހޮވި 114 ދަރިވަރަކު ވަނީ ހުވާކޮށްފައެވެ. މި އެސަމްބްލީ ޝަރަފުވެރިކޮށްދެއްވީ، އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރ، ޑރ. ޝާފިޔާ އާދަމެވެ.

ސްކޫލްގެ އިސް މަގާމްތަކަށް ހޮވުނު ދަރިވަރުން:
  • ސްކޫލް ކެޕްޓަން: ހުސައިން ޔަމީން،
    • ޑެޕިއުޓީ ސްކޫލް ކެޕްޓަން: އައިޝަތު އަލާނިޔާ އިސްމާއީލް
    • ގޭމްސް ކެޕްޓަން: އަހުމަދު ރާއިފު ނަސީމް
    • ޑެޕިއުޓީ ގޭމްސް ކެޕްޓަން: ޔޫސުފު ނާމިކު އަލީ ނަޞީރު
    • ވައްލަ ހައުސް ކެޕްޓަން: މުޙައްމަދު އަޝްހަމް ޒިޔާދު
    • ވައްލަ ހައުސް ޑެޕިއުޓީ ކެޕްޓަން: ކައިސް އަހުމަދު އާދަމް
    • މާރަނގަ ހައުސް ކެޕްޓަން: މުއާދު އަބްދުﷲ
    • މާރަނގަ ހައުސް ޑެޕިއުޓީ ކެޕްޓަން: މުޙައްމަދު ޔަނާލް ޒާހިދު
    • ކުރަނގި ހައުސް ކެޕްޓަން: ޒަހުވާ އިބްރާހިމް ޒާހިދު
    • ކުރަނގި ހައުސް ޑެޕިއުޓީ ކެޕްޓަން: ފާތިމަތު ނަޝްއަތު ނިޔާޒު
    • ހޯރަ ހައުސް ކެޕްޓަން: އަލީ ޒާއިން އަހުމަދު
    • ހޯރަ ހައުސް ޑެޕިއުޓީ ކެޕްޓަން: ރިކްޒް އާއިލް އަހުމަދު އަޒީލް
    • އީއެލްއޭ ޕްރެޒިޑެންޓް: އައިޝަތު މިޝްކާ
    • ޑީއެލްއޭ ޕްރެޒިޑެންޓް: އައިޝަތު އަލާ އަލީ

މި ރަސްމިއްޔާތުގައި ޝަރަފުވެރިމެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ޑރ. ޝާފިޔާ ވިދާޅުވީ، ކުދިން އަމިއްލައަށް ކަންކަން ކުރުމުގެ މުހިންމުކަމާއި، އުގެނުމުގައި މައުލޫމާތުތަކެއް ދަސްކުރުމުގެ ބަދަލުގައި މައުލޫމާތު ބޭނުންކުރަން ދަސްކުރުމުގެ މުހިންމު ކަމަށެވެ.

ކަލާފާނު ސްކޫލްގެ ޕްރިންސިޕަލް ރަހުމާ އަބްދުއް ރަހުމާން ވިދާޅުވީ، ދަރިވަރުން ލީޑަރުންނަށް ވުމަށް މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އަދި އަމިއްލައަށް ކަންކަމާ ކުރިމަތިލައި ލީޑަރޝިޕްގެ ހުނަރު ދެއްކުމަށް ދަރިވަރުންނަށް ވަނީ ހިތްވަރު ދެއްވާފައެވެ.

ކަލާފާނު ސްކޫލްގައި 1600 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *