ރ. އުނގުފާރު ސްކޫލަށް އަށް ކުލާސްރޫމް ހިމެނޭ އިމާރާތެއް އަޅަން ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ޕީއެސްއައިޕީން ޚަރަދު ކުރާ މި މަސައްކަތަށް 10 މިލިއަން ރުފިޔާ ޚަރަދުވެއެވެ. މި މަސައްކަތް ނިންމަން އެކުންފުނިން ހުށަހަޅާފައި ވަނީ 365 ދުވަހުގެ ތެރޭގައެވެ.
އަށް ކުލާސްރޫމް އެޅުމުގެ މަސައްކަތު އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސާ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނާއިހް ނަޖީބެވެ.
advertisment
ހިޔާލު