ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން “އަވަށްޓެރި ފުލުހުންގެ ހަފްތާ” ގެ ހަރަކާތްތައް މާލެ ސިޓީއާއި އަތޮޅުތަކުގައި ފަށައިފިއެވެ.
އަވަށްޓެރި ފުލުހުންގެ ހަފްތާ ފެށުމުގެ ފުރަތަމަ ހަރަކާތުގެ ގޮތުން ވަނީ މިއަދު ހެނދުނު މާލެ ސަރަހައްދުގައިވާ ސްކޫލުތަކާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ހުރި ސްކޫލުތަކުގެ އެސެމްބްލީގައި ފުލުހުން ބައިވެރިވެފައެވެ. އެގޮތުން މިއަދު ފުލުހުން ވަނީ އެސެމްބްލީގައި ބައިވެރިވެ “ސައިބަރ ސޭފްޓިއާއި ބުލީންގ” އާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައެވެ.

މިއަދުގެ ހަރަކާތުގެ ތެރެއިން ވަނީ މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ 16 ސްކޫލެއްގެ 9290 ދަރިވަރުންނަށް މަޢުލޫމާތު ދީފައެވެ. އަދި އަތޮޅުތެރެއިން އެކި ސްކޫލަކުން ޖުމްލަ 20778 ދަރިވަރަކަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން މި ހަރަކާތުގެ ތެރެއިން 29979 ދަރިވަރުންނަށް މަޢުލޫމާތު ދެވިފައިވެއެވެ.

އަވައްޓެރި ފުލުުހުންގެ ހަފްތާގެ ހަރަކާތްތަކުގެ މާލެ އާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދާއިރު މިހަފްތާގެ ތެރެއިން ގިނަ ހަރަކާތްތަކެއް ރޭވިފައިވާއިރު، މިއަދު ހަވީރު މާލެ އާއި އަތޮޅުތަކުގައި “ވޯކް އެންޑް ޓޯކް” ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް ސެޕްޓެމްބަރު 18 އިން 24 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
advertisment
ހިޔާލު