އައްޑޫ ސިޓީ ފޭދޫ ސްކޫލްގެ ރަންޔޫބިލާ ގުޅުވައިގެން ކުރިއަށް ގެންދިޔަ "ރަން 50″ ކާމިޔާބު ކަމާއެކު އިއްޔެ ހަވީރު ބާއްވައިފިއެވެ.
އާންމުކޮށް ހުޅުވާލައިގެން ފަންޑްރައިޒިން އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ދުވުމުގައި ނުވަސަތޭކައެންހާ މީހުން ބައިވެރިވެފައިވެއެވެ.
މި ދުވުން ވާރޗުއަލްކޮށް ވެސް ކުރިއަށް ގެންދިޔައެވެ. އެހެންވެ މުޅި ދުވުމުގެ ހަރަކާތުގައި ބައިވެރިވި މީހުންގެ އަދަދު ހާހަކަށް އަރާނެ އެވެ.
ރަން 50 ދުވުމުގެ ކޯޑިނޭޓަރު ފޭދޫ ސްލޫލްގެ ޓީޗަރު ޖުނައިހާ ދަރިވަރު ނޫހަށް ވިދާޅުވީ، ތިން ކެޓަގަރީއަކުން ކުރިއަށް ގެންދިޔަ ދުވުމަށް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. އަދި އެ ހަރަކާތަކީ މި ފަހަކަށް އައިސް އެރަށުގައިބޭއްވި އެންމެ ބޮޑު ހަރަކާތް ކަމަށެވެ.
ފޭދޫ ސްކޫލްގެ އަހަރީ ދުވަހުގެ ހަރަކާތުގައި ހިމެނޭ ދުވުން ކުރިއަށް ގެންދިޔައީ ތިން ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން މައްޗަށް ބޭއްވި 5 ކިލޯމީޓަރުގެ ދުވުމާއި، 12 އަހަރުން ދަށަށް ބޭއްވި 2 ކިލޯމީޓަރުގެ ދުވުމާޢި، އިސްރައްވެހިންނަށް ބޭއްވި 2 ކިލޯ މީޓަރުގެ ދުވުމެވެ.
ޖުނައިހާ ވިދާޅުވީ، ދުވުން ފުރިހަމަ ކުރި ކޮންމެ މީހަަކަށް މެޑަލެއް ދިން ކަމަށެވެ.
" މި ހަރަކާތް މި ދިޔައީ ވަރަށް ކާމިޔާބުކަމާއެކު. އަޅުގަނޑުމެން އުއްމީދުކުރިވަރަށް ވުރެ ވެސް ތަރުޙީބު ބޮޑު" އޭނާ ވިދާޅުވިއެވެ.
ފޭދޫ ސްކޫލަށް 50 އަހަރު ފުުރުނީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
advertisment
ހިޔާލު