ފާއިތުވި އަހަރު، ސީއެޗްއެސްއީގެ ސީއެޗްއެސްއީގެ އިނާމް ދިނުމުގެ ޖަލްސާ ބޭއްވީ ބުރާސްފަތި ދުވަހުގެ ރޭ އެ ސްކޫލްގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ އާޒިމެވެ.
ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މަރިޔަމް އިނާން އިބްރާހިމް ރަޝީދެވެ. އިނާން ވަނީ މަތީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ. އިނާން މިހާރު ދަނީ މަތީ ތަޢުލީމަށް ރާއްޖެއިން ބޭރުގައި ކިޔަވަމުންނެވެ.

ފާއިތުވި އަހަރު، އެންމެ މޮޅު ދެ ވަނަ ދަރިވަރަކަށް ހޮވުނީ، މަޢާނީ މުއާވިޔަތު ޝަރީފުއެވެ. މައާނީ ވަނީ ފަސް މާއްދާއިން އޭ ސްޓަރ، ހޯދައިގެން މަތީ ސާނަވީން ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ.

ތިން ވަނައަށް ދިޔަ އައިން އަލީ ރަޝީދު ވެސް ފަސް މާއްދާއިން އޭ ސްޓަރ، އަދި އެއް މާއްދާއިން އޭ ހޯދައި، ގަދަ ދިހައެއްގެ އެއްވަނަ ހޯދިއެވެ.
ސީއެޗްއެސްއީގެ 147 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވިދާޅުވީ، ފާއިތުވި އަހަރަކީ އެ ސްކޫލަށް ކާމިޔާބު އަހަރެއް ކަމަށެވެ.
ސަފޫރާ ވިދާޅުވީ، 436 ދަރިވަރުން މަތީ ސާނަވީގައި ބައިވެރިވެ، 92.6 އިންސައްތަ ދަރިވަރުން ފާސްވެފައިވާ ކަމަށެވެ. އަދި 146 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނި، 43 ދަރިވަރުންނަށް ހައި އެޗީވާސް އެވޯޑް ލިބުނު ކަމަށެވެ.
advertisment
ހިޔާލު