ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގެ ހަރަކާތެއްގެ ގޮތުގައި، ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް ހުލުވާލައިގެން ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
މިއީ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
"ޑިމޮކްރަސީގައި މަގޭ ދައުރު"ގެ މައްޗަށް ބިނާކޮށް ކުރެހުންތައް ހުށަހަޅަން ޖެހެނީ މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މި މުބާރާތް ކުރިއަށް ގެންދަނީ ގުރެޑް 7ން ފެށިގެން 12ވަނަ ގުރޭޑްގެ ދަރިވަރުންނަށެވެ. ވަނަތައް ހޮވާނީ ކޮންމެ ކީ ސްޓޭޖަކުން އެއްވަނަ ދެވަނަ ތިން ވަނައެވެ. އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، އެއްވަނައަށް 3000ރުފިޔާ، ދެވަނައަށް 2000ރުފިޔާ، ތިންވަނައަށް 1000ރުފިޔާއެވެ.
މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން، ކޮންމެ ކީ ސްޖަކުން އެންމެ މޮޅު ދިހަ ކުރެހުން ހޮވައި، އެ ކުރެހުންތަކުން އެންމެ ރަނގަޅު ކުރެހުންތައް ހޮވާން އާންމުންނަށް ދޫކޮށްލާނެއެވެ. އެންމެ މޮޅު ކުރެހުންތައް ހޮވުމުގައި ޖަޖުންގެ 75 އިންސައްތަ ވޯޓް ، އާންމުން 25 އިންސައްތަ ވޯޓަށް ބަލާނެއެވެ. އާންމުންގެ ވޯޓް ހޯދާނީ އެ ކޮމިޝަނުގެ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
advertisment
ހިޔާލު