ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް، ސްކޫލްތަކުގެ ލައިބްރަރީތަކަށް ފޮތް ހަދިޔާކުރަމާ!

ބިލެތްފަހީ ސްކޫލްގެ ލައިބްރަރީ: ލައިބްރަރީގެ ބޭނުން ދަރިވަރުންނަށް މިހާރަށްވުރެ ފުޅާކޮށް ހިފޭނެ އިންތިޒާމް ރާވަންޖެހޭ- ފޮޓޯ: ބިލެތްފަހީ ސްކޫލް

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަސް ފާހަގަކުރަނީ ލިޔަން ކިޔަން ދަތުމުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ސްކޫލްތަކުން ދަނީ ފޮތް ހަދިޔާކުރުމުގެ ޚާއްޞަ ހަރަކާތްތަކެއް ރާވަމުންނެވެ.

ލިޔަން ކިޔަން ދަތުގެ ދުވަހާ ގުޅިގެން ފޮތް ހަދިޔާ ކުރުމަށް ހަފްތާއެއް ކުރިއަށް ގެންދަން ބައެއް ސްކޫލްތަކުން ވަނީ ނިންމާފައެވެ. ސްކޫލްތަކުގެ ލައިބްރަރީތަކަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު އެ ސްކޫލްތަކުން ވަނީ ބެލެނިވެރިންނަށާއި ދަރިވަރުންނަށް އާންމުކޮށް ހުޅުވާލާފައެވެ.

މާޅޮހު ސްކޫލްގެ ލައިބްރަރީ: ލައިބްރަރީތަކުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ބައެއް ސްކޫލްތަކުން ދަނީ ގެންނަމުން- ފޮޓޯ: މާޅޮހު ސްކޫލް

ހަދިޔާ ކުރެވިދާނެ ފޮތްތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ، ވާހަކަފޮތާއި ދީނީ ފޮތްތަކާއި މަޖައްލާތަކާއި މަޢޫލޫމާތު ހިމެނޭ ފޮތްތަކާއި އަދަބީ ފޮތްތަކާއި ތާރީޚީ ފޮތްތަކެވެ. އަދި އުނގެނުމަށް ބޭނުންކުރެވިދާނެ ތަފާތު ވައްތަރުގެ ފޮތްތައް ވެސް އޭގޭތެރޭގައި ހިމަނާފައިވެއެވެ.

ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމަށް ބައެއް ސްކޫލްތަކުން ކުރިއަށް ގެންދަނީ " ކިޔަމާ ހަދިޔާކުރަމާ" ޝިޔާރުގެ ދަށުންނެވެ.


ކ. ގުރާދޫ ލައިބްރަރީ: ޒަމާނީ ވަޞީލްތްތައް ވަނީ މި ލައިބްރަރީގައި ޤާއިމްކޮށްފައި ފޮޓޯ: ގުރާދޫ ސްކޫލް

ސްކޫލްތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ މުހިންމު ކަމެކެވެ. އެންމެ ފޮތަކުން ވެސް އެތައް މައުލޫމާތެއް ދަރިވަރުންނަށް ފޯރުކޮށްދެވިދާނެއެވެ.

ލައިބްރަރީއަށް ފޮތް ހަދިޔާކުރާ ފަރާތްތައް ބައެއް ސްކޫލްތަކުން ފާހަގަކުރެއެވެ. ވަކިވަރަކަށް ފޮތް ހަދިޔާ ކުރ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *