ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލަށް ހަތް އަހަރު ފުރުމާ ގުޅިގެން އެ ސްކޫލުން ކާނިވަލެއް ބާއްވަން ނިންމައިފިއެވެ.
މި ކާނިވާ ކުރިއަށް ދާނީ އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ ހަވީރު 4ން 6 އަށެވެ.
އެ ސްކޫލުން ބުނީ، ކާނިވަލަށް ވަނުމަށް 10 ރުފިޔާގެ ޓިކެޓަކާއި ކުޅިވަރުތަކުގައި ބައިވެރިވުމަށް ފަސްރުފިޔާގެ ޓިކެޓެއް ނަގާނެކަމަށެވެ.
މި ކާނިވަލުގައި، ބިރުވެރިހޮހަޅަ، ތަތާފު ވައްތަރުގެ ގޭމް ސްޓޯލްތަކާއި، ފިލްމް ބެލުމަށް ޚާއްޞަ ސިނަމާއެއްވެސް ހުންނާނެ ކަމަށެވެ.
އެ ސްކޫލުން ބުނީ، ދަރިވަރުންނާއެކު އާއިލާގެ މެމްބަރުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އެ ސްކޫލުން ފަހިކޮށްދޭ ފުރުޞަތެއް ކަމަށެވެ.
ފައުންޑޭޝަނުން ފެށިގެން ގުރޭޑް 10އާ ހަމައަށް ރެހެންދި ސްކޫލްގައި ކިޔަވައިދެއެވެ.
advertisment
ހިޔާލު