ޔުނިސެފުގެ އަޕްޝިފްޓް ޕްރޮގްރާމް ސްކޫލްތަކުގައި ހިންގަން މުދައްރިސުން ތަމްރީނު ކުރަނީ

ޔުނިސެފުގެ އަޕްޝިފްޓް ޕްރޮގްރާމް ސްކޫލްތަކުގައި ހިންގަން މުދައްރިސުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ޔުނިސެފް މޯލްޑިވްސް

ޔުނިސެފުގެ އަޕްޝިފްޓް ޕްރޮގްރާމް ސްކޫލްތަކުގައި ހިންގަން މުދައްރިސުން ތަމްރީނު ކުރުމުގެ ދެވަނަ ބުރުފަށައިފިއެވެ.

ޔުނިސެފުގެ އަޕްޝިފްޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މިހާރު ކުރިއަށް ގެންދަނީ މުދައްރިސުން ތަމްރީނު ކުރުމަށް ބޭނުންވާ ޓްރެއިނަރުން ތަމްރީނު ކުރުމުގެ މަސައްކަތެވެ. ޓްރެރިނަރުން ތަމްރީނުކޮށް ނިމުމާއެކު މި ޕްރޮގްރާމް ރާއްޖޭގެ ސްކޫލްތަކުގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. މި ޕްރޮގްރާމް ފުރަތަމަ ހިންގަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ބައެއް ސްކޫލްތަކުގައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޔުނިސެފުގެ އިސްނެގުމުގެ މަތިން ހިންގަމުންދާ "އަފްޝިޕްޓް" ޕްރޮގްރާމަކީ ޒުވާނުންގެ އިޖްތިމާޢީ އައު އީޖާދުތަކާއި، ވިޔަފާރީގެ ހުނަރުތައް މުޖުތަމަޢުގައި ޕްރެޝަރ ޕްރޮބްސް އާ ކުރިމަތިލުމަށް ޓަކައި ޒުވާނުން ބިނާކުރުމަށް ހިންގާ ހަރަކާތެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *