މަޖީދިއްޔާގެ އާޓް މައުރަޒުގައި 1300 އަށްވުރެ ގިނަ ކުރެހުން

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހުކުރު ދުވަހު ހަވީރު ހުޅުވި އާޓް އާޓް މައުރަޒު މިއަދު ނިންމާލައިފިއެވެ.

މަޖީދިއްޔާގެ އާޓް މައުރަޒުގެ ތެރެއިން- ފޮޓޯ: މަޖީދިއްޔާ ސްކޫލް

މި މައުރަޒުގައި 1300 އެންހާ ކުރެހުން ވަނީ ދައްކާލާފައެވެ. މީގެ ތެރޭގައި ދަރިވަރުންގެ އިތުރުން ކުލާސްތަކުންނާއި ސްޓާފުން ހުށަހަޅައިދިން ކުރެހުންތަކާއި އާޓް ޕީސްތައް ހިމެނެއެވެ. އަދި ކުލާސްތަކާއި އެ ސްކުލްގެ އެކި ޑިޕާޓްމަންޓުން ތައްޔާރު ކުރި މޮޑެލްތައްވެސް ދައްކާލިއެވެ.

މަޖީދިއްޔާގެ އާޓް މައުރަޒުގައި ބައިވެރިކުރި މޮޑެލްތައް މައުރަޒު ޝަރަފުވެރިކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޑރ މުސްތަފާ ލުޠުފީ ބައްލަވާލައްވަނީ- ފޮޓޯ: މަޖީދިއްޔާ ސްކޫލް

ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި މައުރަޒު ހުޅުއްވައިދެއްވީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ އަދި މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޑރ މުސްތަފާ ލުޠުފީއެވެ.

މަޖީދިއްޔާ ސްކޫލުން ބުނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މައުރަޒުގައި ބައިވެރިކުރި އުފެއްދުންތަކުން ވަނަތައް ހޮވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *