ގއ. ކަނޑުހުޅުދޫ ސްކޫލުން މި އަހަރު ބޭއްވީ އޯލެވެލް އިމްތިޙާނުގައި ބައިވެރި ހުރިހާ ދަރިވަރުން އަށް މާއްދާއިން ފާސްވުމުން އެ ސްކޫލްގެ ފާސްވި ރޭޓް ހުރީ ސައްތައިން ސައްތައިގައެވެ.
އެ ސްކޫލުން މި އަހަރު އެ ހޯދީ ކުރީ އަހަރާ އަޅާބަލާއިރު، 55 އިންސައްތައިގެ ކުރިއެރުމެވެ. އެ ސްކޫލުން އޯލެވެލްގައި ބައިވެރިވީ ފަސް ދަރިވަރުންނެވެ.
ކަނޑުހުޅުދޫ ސްކޫލްގެ ޕްރިންސިޕަލް ނައިރު އަޖިތު ސިވަދާސަން ވިދާޅުވީ ފާއިތުވި އަހަރު ސާނަވީ އިމްތިޙާނުހައި އެ ސްކޫލްގެ ފާސްވި ރޭޓް ހުރީ 45 އިންސައްތައިގައި ކަމަށެވެ. އޭގެ ކުރީ އަހަރު ހުރިހާ ދަރިވަރުން ފާސްވި ކަމަށެވެ.

އޭނާ ވިދާޅުވީ، ގަދަ ދިހައެއްގައި ދަރިވަރަކު ނުހިމެނުނު ނަމަވެސް ހުރިހާ މާއްދާއަކުން ފާސްވެ، ސައްތައިން ސައްތައިގެ ކާމިޔާބެއް ހޯދުމަކީ އެ ސްކޫލުން ދަރިވަރުންނަށް ކޮށްދިން މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ކަނޑުހުޅުދޫ ސްކޫލްގައި މިހާރު 139 ދަރިވަރުން ކިޔަވަމުންދާއިރު، އަންނަ އަހަރު ބާއްވާ ސާނަވި އިމްތިޙާނުގައި އެ ސްކޫލްގެ 10 ދަރިވަރުން ބައިވެރިވާނެއެވެ.
" މިއަހަރު ލިބުނު ކާމިޔާބަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް އެބަކުރަން" އަޖިތު ވިދާޅުވިއެވެ.
advertisment
ހިޔާލު