އަށް އަހަރާއި ސޯޅަ އަހަރާދެމެދުގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ފަރަންސޭސި (ފްރެންޗް) ބަސް ދަސްކޮށްދޭ ކޯހެއް ދިވެހި ޤައުމީ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.
އެ ޔުނިވަރސީޓީން ބުނީ، އޮންލައިންކޮށް ހިންގާ މި ކޯހުގެ މުއްދަތަކީ ހަ ހަފުތާ ކަމަށެވެ.
މި ކޯހުގައި ކިޔަވައިދޭނީ ހަފުތާއަކު ތިން ދުވަހު، (އަންގާރައިން ބުރާސްފައްޗަށް) ހަވީރު 6:30ން 7:30 އަށެވެ. ކޯހުގެ ފީއަކީ 900 ރުފިޔާއެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހު މި ކޯސް ފަށާއިރު، މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ބައިވެރިވާން ފޯމް ހުށަގަޅަން ޖެހެއެވެ.
މި ކޯސް ނިންމާ ދަރިވަރުންނަށް އެމްއެންޔޫއިން ސެޓެފިކެޓެއްވެސް ދޭން ވަނީ ނިންމާފައެވެ.
ޤައުމީ ޔުނިވަރސިޓީން ވަނީ ކޮރެއާ ބަހާއި ސަޤާފަތް ދަސްކޮށްދޭ ކޯހަކަށް ވެސް އިއުލާންކޮށްފައެވެ. ސެޓްފިކެޓް ލެވެލް އެކެއްގެ އެ ކޯސް ކުރިއަށް ދަނީ އެ ޔުނިވަރސިޓީއަށް ހާޒިރުވެގެންނެވެ. އެ ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހު ރޭ 11:59 އެވެ.
advertisment
ހިޔާލު