ށ. މިލަންދޫ ސްކޫލަށް 75 އަހަރު ފުރޭ އަލިމަސްޔޫބީލްގެ ހަރަކާތްތަކުގެ ތެރޭގައި އެރަށުގެ މުއައްސސާތަކުގެ ޑްރާމާ ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.
މި ޑްރާމާ ފެސްޓިވަލުގައި ބައިވެރިވެފައި ވަނީ، އެ ސްކޫލްގެ އިތުރުން ހެލްތްސެންޓަރާއި ފެނަކައާއި ރަށު ކައުންސިލުގެ އިތުރުން ފުލުހުންނެވެ.
އަންނަ މަހު ބާއްވާ މި ފެސްޓިވަލުގައި، ފެނަކައިން ބައިވެރިކުރާ ޑްރާމާ " އުޅުނުތަން ޗަކަޔަސް އުޅޭތަން ސަޅި ދޯ" ގެ ޓްރެއިލަރ މިހާރު ވަނީ އާންމުކޮށްފައެވެ.
މި ޓްރެއިލަރިން ފެންނަނީ މިލަންދޫއަށް މީހުން ބަދަލުވުމުގެ ކުރިން މާކަނޑޫދުގައި އެމީހުންގެ ދިރިއުޅުނުގޮތާއި އެމީހުންގެ ހަނދާންތަކެވެ. ދަތި އުނދަގޫ ދިރިއުޅުމުން ތަހުޒީބީ ދިރިއުޅުމަކަށް އެމީހުން ހޯދިގޮތެވެ.
މިލަންދޫ ސްކޫލުން ވަނީ އަލިމަސްޔޫބީލްއާ ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އެހާރާއި މިހާރުގެ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ޝޯވއެއްވެސް ބާއްވަން ނިންމާފައެވެ. މި ޝޯވ ވެސް އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހު މިލަންދޫ ސްކޫލަށް 75 އަހަރު ފުރޭނެއެވެ. ޚާއްޞަ ޖަލްސާ އޮންނާނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ.
advertisment
ހިޔާލު