އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑުން ކުރިއަށް ގެންދާ "އެގްރޯ ސްކޫލް ގާޑްނިންގ ޕްރޮގްރާމް" ކުރިއަށް ގެންދަން 11 ސްކޫލަކުން ހުށަހަޅައިފިއެވެ.
ސްކޫލް ތަކާއި ދަރިވަރުން ދަނޑުވެރިކަމަށް އަހުލުވެރި ކުރުވުމަށް އެގްރޯ ނެޓުން ކުރިއަށް ގެންދާ ގާޑްނިންގ ޕްރޮގްރާމު ކުރިއަށް ގެންދަން ބޭނުންވާ ސްކޫލްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުމުން، މުއްދަތު ހަމަވިއިރު، އެގާރަ ސްކޫލަކުން ހުށަހެޅި ޕްރޮޕޯސަލް ދިރާސާކޮށް ނިންމާފައިވާ ކަމަށް އެގްރޯ ނެޓުން ބުންޏެވެ. އެކުންފުނިން ބުނީ، ޕްރޮޕޯސަލް ހުށަހެޅި އެގާރަ ސްކޫލްގެ ތެރޭގައި މާލޭގެ ދެ ސްކޫލް ހިމެނޭ ކަމަށެވެ.
އެގްރޯ ނެޓުން ބުނީ މި އަހަރު، ގާޑްނިންގ ޕްރޮގްރާމް ހިންގާނީ ތިން ސްކޫލެއްގައެވެ. އޭގެ ތެރޭގައި މާލޭގެ އެއް ސްކޫލް ހިމެނޭނެ ކަމަށެވެ.
ގާޑްނިންގ ޕްރޮގްރާމުގެ ދަށުން ސްކޫލްތަކުގައި ހައްދާނީ ތަރުކާރީއާއި މޭވާގެ ބާވަތްތަކެވެ.
އެގްރޯ ނެޓުން ބުނީ، މިއަހަރު ގާޑްނިންގ ޕްރޮގްރާމް ހިންގަން ކަނޑައަޅާ ސްކޫލްތަކާއެކު ވަރަށް އަވަހަށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށާއި، އެއަށްފަހު އަމަލީ މައްސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އެގްރޯ ސްކޫލް ގާޑްނިންގ ޕްރޮގްރާމް ފެށީ ތ، ކަނޑުދޫ ސްކޫލްގައެވެ. އެ ސްކޫލްގައި ހެއްދި ތަރުކާރީގެ ބާވަތްތައް އެރަށުގެ ރައްޔިތުންނަށް ވަނީ ވިއްކާފައެވެ.
advertisment
ހިޔާލު