މިލަންދޫ ސްކޫލްގެ އަލިމަސް ޔޫބީލްއާ ގުޅުވައިގެން ޓެލެންޓް ޝޯވއެއް

ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު މިލަންދޫ ސްކޫލްގެ ދަރިވަރުންތަކެއް ސްކޫލަށް ދަނީ: މިލަންދޫ ސްކޫލަށް 75 އަހަރުފުރޭ އަލިމަސް ޔޫބީލްއާ ގުޅިގެން ގިނަ ހަރަކާތްތަކެއް އެ ސްކޫލުން ކުރިއަށް ގެންދަން ވަނީ ރާވާފައި- ފޮޓޯ: މިލަންދޫ ސްކޫލް

ށ. މިލަންދޫ ސްކޫލަށް 75 އަހަރު ފުރޭތީ، އެ ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓެލަންޓް ޝޯވއެއް ބާއްވަން އެ ސްކޫލުން ނިންމައިފިއެވެ.

އެ ސްކޫލުން ބުނީ، މި ޓެލަންޓް ޝޯވ ޚާއްޞަކޮށްފައި ވަނީ، އެ ސްކޫލްގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި އިސް ދަރިވަރުންނަށެވެ.

މިއީ އިސް ދަރިވަރުންގެ ހުނަރު ދައްކާލުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށާއި، ސްކޫލް ދައުރުގެ އައިޓަމެއްގެ " ރިމޭކް" އެއްވެސް ހުށަހަޅާލެވިދާނެ ކަމަށް މިލަންދޫ ސްކޫލުން ބުނެއެވެ. އަދި އެ ސްކޫލުން ބުނީ، މަދަހަ، ބޮޑުބެރު، ޤައުމީލަވަ، ސްޓޭޖް ޑްރާމާ، ވާހަކަ ކިޔައިދިނުމާއި ޖާދޫގެ ހުނަރުތައް ވެސް ދައްކާލެވިދާނެ ކަމަށެވެ.

މިލަންދޫ ސްކޫލުން ބުނީ މި ޝޯވގައި، ނެށުމާއި ބޭއަދަބީ ބަސް ބޭނުންކުރުމާއި، އަންހެނުން ފިރިހެން ހެދުންލުމާއި، ފިރިހެނުން އަންހެން ހެދުންލުން ފަދަ ހަރަކާތްތައް ނުހިމެނޭނެ ކަމަށެވެ.

މި ޝޯވގައި ބައިވެރިވާން އެދޭނަމަ ބުދަދުވަހުގެ މެންދުރުފަހު އެކެއް ޖެހުމުގެ ކުރިން ނަންނޯޓް ކުރުމަށް މިލަންދޫ ސްކޫލުން ވަނީ އެދިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *