ސްކޫލް ޔުނީފޯމް ލިބުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދަނީ

ކޮންމެ ދިރާސީ އާ އަހަރަކާއެކު ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް ހޯދުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެއްބަޔަކަށް ޔުނީފޯމް ފަހަން ދިނުމުގެ ބަދަލުގައި ގިނަ ބަޔަކަށް ޔުނީފޯމް ފަހަން ދޭން ނިންމާފައިވާ ކަމަށާއި، އެގޮތަށް ޕޮލިސީވެސް ބަދަލުކޮށްފައިވާ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެއްތަނަކަށް ބަރޯސާ ވުމުގެ ބަދަލުގައި ގިނަ ތަންތަނުން ޔުނީފޯމް ލިބެން ހުރުމުން ބެލެނިވެރިންނަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.

" އެއްބަޔަކަށް ފަހަން ދިނުމުގެ ބަދަލުގައި، ގިނަ ބަޔަކު ގެންނަ ގޮތަށް ހުޅުވާލަން  ޕޮލިސިއަށް ވެސް ބަދަލު ގެނެސފައި ވާނީ" އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ދިރާސީ އާ އަހަރާ ދިމާކޮށް އެކްޓިވިޓީ ޔުނީފޯމް ހަމަކުރުމަކީ ބެލެނިވެރިންނަށް ދިމާވާ ބޮޑު ތަކުލީފެކެވެ. ޔުނީފޯމް ފަހައިދޭނެ ބަޔަކު ހޯދަނީ ބީލަމުގެ އުޞޫލުން އެ ސްކޫލަކުންނެވެ. ބީލަމް ކާމިޔާބުކުރާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތުގައި އެކަން ނުކުރުމުގެ ޝަކުވާއަކީ އަބަދުވެސް ހުއްޓުމެއްނެތި އަންނަ ޝަކުވާއެއް ކަމަށް ސްކޫލްތަކުން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *