ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުން އޭލެވެލްއަށް ހަ މާއްދާ އިތުރުކޮށްފިއެވެ.
ކޯ ސަބްޖެކްޓްގެ އިތުރަށް، އެ ސްކޫލުން ކިޔަވައިދޭނީ، އިންފޮމޭޝަން ޓެކްނޮލޮޖީއާއި ކޮމްޕިއުޓަރ ސައިންސާއި، ޑިޖިޓަލް މިޑިއާ އެންޑް ޑިޒައިން އާއި އާޓް އެންޑް ޑިޒައިންއާއި ފިޒިއޮލޮޖީ އާއި ލޯ އެވެ. ދެ ސްޓްރީމް ހިމެނޭހެން އެގާރަ މާއްދާ އެ ސްކޫލްގައި މިހާރު ކިޔަވައިދެއެވެ.
އެ ސްކޫލްގައި އަލަށް ކިޔަވާ ދަރިވަރުން ފީ ދައްކަންޖެހެއެވެ. ފީގެ އަގަކީ މަހަކަށް 3600 ރުފިޔާއެވެ. އެ ފަސް އޯލެވެލްގެ ފަސް މާއްދާއިންވާ ދަރިވަރުން އެ ސްކޫލްގައި ކިޔަވާނަމަ އެ ކުދިންގެ ފީ ދައްކަމުން އައީ އެޑިޔުކޭޝަން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ދައްކަމުން އައީ ކޮންމެ ކުއްޖަކަށް 1370 ރުފިޔާއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އަމިއްލަ ސްކޫލްތަކުޔައި އޭ ލެވެލް ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ދެމުންއައި ފީ ދިނުން ހުއްޓާލާފައެވެ. އޭގެ ބަދަލުގައި ފީ ނަގައިގެން ކިޔަވައި ދިނުމަށް އެތަނަށް ހުއްދަ ވަނީ ދިފައެވެ.
ރާއްޖޭގައި އަމިއްލަ ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދޭން ފެށީ ވިލާ ހައި އިންޓަރ ނޭޝަނަލް ސްކޫލުންނެވެ. އެ ސްކޫލްގައި 700 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު