ކޮއްކޮމެން ޕްރީ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް އުމުރާ ދަތުރެއް

ކޮއްކޮމެން ޕްރީ ސްކޫލްގައި ފާއިތުވި ދިރާސީ އަހަރު މަސައްކަތް ކުރި ޓީޗަރުން: އެ ސްކޫލްގެ ޓީޗަރުން އުމުރާ ދަތުރުގައި ފުރާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި-ފޮޓޯ: ކޮއްކޮމެން ޕްރީ ސްކޫލް

ކޮއްކޮމެން ޕްރީ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް އުމުރާ ދަތުރެއް ހެޔޮއެދޭ ފަރާތަކުން ހަމަޖައްސައިދީފިއެވެ.

އެ ސްކޫލުން ބުނީ، މިއީ މައްކާގެ ހެޔޮއެދޭ ފަރާތަކުން އެ ސްކޫލަށް ވެދެއްވި ދީލަތި އެހީއެއް ކަމަށެވެ. ޓީޗަރުންގެ އުމުރާ ދަތުރުގައި ޢުމްރާ ކުރުމުގެ އިތުރުން ތަރުބަވީ ޕްރޮގްރާމެއްގައި ބައިވެރިވުމާއި މަސްޖިދުއްނަބަވީ އަށް ޒިޔާރަތްކުރުމާއި އިސްލާމީ ތާރީޚާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކުރުމާއި ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ދެ ޙަރަމްފުޅަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ބަލައިލުމުގެ އިންތިޒާމް ވެސް އެ ފަރާތުން ހަމަޖައްސާދީފައިވާ ކަމަށެވެ.

ކޮއްކޮމެން ޕްރީ ސްކޫލުން ބުނީ، އެ ސްކޫލްގެ ޓީޗަރުން ބައިވެރިވާ އުމުރާ ދަތުރު އޮންނާނީ އަންނަ ޑިސެމްބަރު މަހު، ފުރަތަމަ ޓާމްގެ ޗުއްޓީ ތެރޭގައެވެ. މި ދަތުރުގެ ހުރިހާ ކަމެއް ބަލަހައްޓާދޭނީ ވެސް ދަތުރު ހަމަޖައްސައިދިން ފަރާތުން ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.

ބޭބީ ނާސަރީން ފެށިގެން ޔޫކޭޖީއާ ހަމައަށް ކިޔަވައިދޭ ކޮއްކޮމެން ސްކޫލަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސްކޫލެކެވެ. އެ ސްކޫލުން ވަނީ ދިރާސީ އާ އަހަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ދިރާސީ އާ އަހަރަށް މަރުހަބާ ކިއުމުގެ ގޮތުން އެ ސްކޫލްގެ ދަރިވަރުންނަށް މަދީނާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ވަނީ ޢަޖްވާ ކަދުރު ވެސް ހަދިޔާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *