ޗުއްޓީ ނިމި، ދިރާސީ އާ އަހަރުގެ މަސައްކަތަށް މާދަމާ ޓީޗަރުން ނުކުންނާނެ

ހިރިޔާ ސްކޫލްގެ ލީޑިންގ ޓީޗަރުން: ދިރާސީ އާ އަހަރަށް ތައްތާރު ވުމުގެ މަސައްކަތް ވަނީ ފަށާފައި- ފޮޓޯ: ހިރިޔާ ސްކޫލް

ބޮޑު ޗުއްޓީ ނިމި، ދިރާސީ އާ އަހަރުގެ މަސައްކަތަށް މާދަމާ ޓީޗަރުން ސްކޫލްތަކަށް ނުކުންނާނެއެވެ.

ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކަށް ޓީޗަރުން ރިޕޯޓް ކުރުން އޮތީ އޮގަސްޓް މަހުގެ ދެ ވަނަ ދުވަހުއެވެ.

ޓީޗަރުން ނުކުތުމުގެ ކުރިން، ދިރާސީ އާ އަހަރަށް ތައްޔާރު ވުމުގެ ގޮތުން ޚާއްޞަ ސެޝަންތަކެއް ސްކޫލްތަކުގެ އިސްމުވައްޒަފުންންނަށް އަމާޒުކޮށް ބައެއް ސްކޫލްތަކުން ދަނީ ހިންގަމުންނެވެ.

ސާޅީހަކަށް ދުވަހުގެ ޗުއްޓިއަކަށްފަހު ދަރިވަރުންނަށް ސްކޫލްތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހުއެވެ.

އިމާދުއްދީނުގެ ސީނިއަރމެނޭޖްމަންޓް މުވައްޒަފަކަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އެ ސްކޫލްގެ ޕްރިންސިޕަލް ފިނިފެން މަލެއް ހަދިޔާކުރައްވަނީ- ފޮޓޯ: އިމާދުއްދީން ސްކޫލް

ސްކޫލް ހުޅުވަންވާއިރަށް، ޓީޗަުން ހަމަ ކުރުމުގެ މަސައްކަތް ސްކޫލްތަކުން ދަނީ ކުރަމުންނެވެ. ގިނަ ސްކޫލްތަކުން ވަނީ ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދަން އިއުލާންވެސް ކޮށްފައެވެ. މާލޭގެ ސްކޫލްތަކަށް ދިވެހި ޓީޗަރުން ހޯދަން ފަސޭހަވިޔަސް އަތޮޅުތެރޭގެ ސްކޫލްތަަކަށް އެހީ އެހާ ފަސޭހަ ކަމެއް ނޫންކަމަށް ބައެއް ސްކޫލްތަކުން ވަނީ ބުނެފައެވެ.

ޗުއްޓީއާ ދިމާކޮށް ގިނަ ސްކޫލްތަކުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް މިހާރު އަންނަނީ ނިންމަމުންނެވެ. ދަރިވަރުންނަށް މަރުޙަބާ ކިޔަން ތައްޔާވުމުގެ ގޮތުން، ޒީނަތްތެރި ކުރުމުގެ ކުރަންޖެހޭ މަސައްކަތުގެ އެންމެ ފަހު މަސައްކަތްތައް ސްކޫލްތަކުން ވަނީ ފަށާފައެވެ.

އިއްޒުއްދީން ސްކޫލްގެ ސީނިއަރ މެނޭޖްމަންޓްގެ މުވައްޒަފަކަށް ޚާއްޞަ ހަދިޔާއެއް ހަދިޔާ ކުރައްވަނީ- ފޮޓޯ: އިއްޒުއްދީން ސްކޫލް

ހިރިޔާ ސްކޫލުން ވަނީ އެ ސްކޫލްގެ ލީޑިންގ ޓީޗަރުންނަށް އަމާޒުކޮށް ޚާއްޞަ ސެޝަންތަކެއް ބާއްވާފައެވެ. މި ސެޝަންތައް ކުރިއަށް ގެންދެވީ ޣިޔާސުއްދީން އިންޓަރނޭޝަނަކް ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމެވެ.

އިމާދުއްދީނާއި އިއްޒުއްދީން ސްކޫލުން ވަނީ އެ ސްކޫލްގެ ސީނިއަރ ސްޓާފުންނަށް ހޫރު މަރުޙަބާއެއް ދަންނަވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *