ދިރާސީ އަންނަމަހު ދިރާސީ އަހަރު ފަށާއިރު، ޖަލުގައި ތިބޭ ކުދިންނަށް ވެސް ކިޔަވައިދޭން ފަށާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ، އެތަނުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ކުލާސްރޫމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ ކިޔަވައިދޭން ބޭނުންކުރާނެ ކުލާސްރޫމްގެ ފޮޓޯއެއް ޓްވިޓާގައި އާންމުކުރައްވާފައެވެ.
ޖަލު ބަންދުގައި ތިބޭ ކުދިންނަށް ކިޔަވައި ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ އެޑިޔުކޭޝަން މިނިސްޓްރީއާއެކު އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފައެވެ.

އެ އެމްޔޫގެ ދަށުން، އެކުއްޖެއްގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލާނިން ޕްލޭން ތައްޔާރުކޮށް އެއާ އެއްގޮތަށް ތައުލީމް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރާނީ އެޑިޔުކޭޝަން މިނިސްޓްރީންނެވެ. އެ މަސައްކަތް އެ މިނިސްޓްރީން ކުރާނީ އެކުއްޖަކު ބަންދުކޮށްފައި ހުރި ރަށެއްގައި ހުރި ސްކޫލެއްގެ ޓީޗަރުން މެދުވެރިކޮށެވެ.
ޖަލުގައި ބަންދުކުރެވޭ ކުދިންނަށް ވެސް ތަފާތު ކުރުމެއް ނެތި ކުއްޖާގެ އުމުރުފުރައާ ގުޅޭގޮތުން ތައުލީމީ ފުރުސަތު ފަހިކޮށްދިނުމަކީ ގާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ކަމެކެވެ.
ކިޔަވޭ ޓީޗަރުންނަށްދޭ އެލަވަންސާއި އެ ޓީޗަރުންގެ ސަލަމަތާއި ރައްކާތެރިކަމާއި ކުލާސްތަކަށް ކުދިން ހާޒިރުކޮށް، ކިޔަވަން ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަކީ ކަރެކްޝަނަލް ސާވިސްގެ ޒިންމާއެކެވެ.
ކަރެކްޝަންސް އިން ވަނީ މިދިޔަ ޖެނުއަރީ މަހު އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ވެސް ހުޅުވާފައެވެ.
advertisment
ހިޔާލު