އައްޑޫއާއި ފުވައްމުލަކުގެ އިތުރުން ލ. ގައިވެސް ސްކޫލް ކުދިންނަށް ބަސް ދަތުރު ހިލޭ

މާލެއެކޭ އެއްގޮތަށް އައްޑޫއާއި ފުވައްމުލަކު ސިޓީގެ އިތުން ލ. އަތޮޅުގައި ވެސް ސްކޫލްތަކުގެ ދަރިވަރުންނަށް، ބަހުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީން ބުނީ، އެ ކުންފުނިން ދޭ ބަހުގެ ޚިދުމަތުން، ސްކޫލް ދަރިވަރިވަރުންނާއި 65 އަހަރުން މަތީގެ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ އަތުން ފީއެއް ނުނަގާނެ ކަމަށެވެ.

މުޅި ރާއްޖެއަށް ދަތުރުފަތުރު ކުރެވޭނެ އިންތިޒާމް އެމްޓީސީސީން ހަމަޖައްސަމުންދާއިރު، މާލޭގެ އިތުރުން އައްޑޫއާއި ފުވައްމުލަކުގެ އިތުރުން ލ ގައި މިނީ ބަހުގެ ޚިދުމަތް ފަށަން 36 ބަސް ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން 12 ބަސް ބޭނުން ކުރާނީ މާލޭގައި ޚިދުމަތް ދިނުމަށެވެ. ދެން ހުރި ބަސްތައް ފުވައްމުލަކާއި އައްޑޫއާއި ލ. އަށް ފޮނުވުމުގެ މަސައްކަތް ދަނީ އެކުންފުނިން ކުރަމުންނެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ސިޓީ ކައުންސިލާއި އެމްޓީސީސީން ކުރަމުންނެވެ. އެމްޓިސީސީން ނިންމާފައި ވަނީ ހިނގާފައި ދިހަ މިނެޓުން ދެވޭ ހިސާބުގައި ބަހުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާށެވެ.

އެމްޓީސީސީން ދަނީ ހުޅުމާލެއާއި މާލެ އަދި ހުޅުލެއާ ދެމެދުގައި ވެސް ބަހުގެ ޚިދުމަތް ދެމުންނެވެ. އަދި ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި އަވަސް ފެރީގެ ޚިދުމަތް ވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *