މަޖިދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ރައީސަކަށް ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ގަހާ ހަސަން ނާޝިދު އިންތިޚާބު ކުރައްވައިފިއެވެ.
ރައީސްގެ މަގާމުގެ އިތުރުން 16 މަގާމަކަށް މެމްބަރުން އިންތިޚާބު ކުރީ މިރޭ އެ ސްކޫލްގައި ބޭއްވި އެ ޖަމިއްޔާގެ އާންމު ބައްދަލުވުމެއްގައެވެ. ނާޝިދަކީ އަހުމަދިއްޔާގެ ސްކޫލްގައި 12 އަަހަރު ވަންދެން ހިންގުމުގެ ދާއިރާގައާއި ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މަޖީދިއްޔާ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ. ހިލޭ ސާބަހަށް އަތޮޅުތެރޭގެ ގިނަ ސްކޫލްތަކެއްގައި ކިޔަވާދެއްވާފައިވެއެވެ.
މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް ހިންތިޚާބު ކުރެއްވި ބޭފުޅުން:
ރައީސް: ހަސަން ނާޝިދު
ނާއިބްރައީސް: އަހުމަދު އަފްޢާލް، މުޙައްމަދު ސިރާޖު
ސެކެރެޓަރީ: މުޙައްމަދު ޝާން
ޚަޒާންދާރު: އިސްމާއިލް އިބްރާހިމް
ޚަޒާންދާރުގެ އެހީތެރިޔާ: އިސްމާއިލް ސާޖިދު
އޯގަނައިޒިންގ ސެކެރެޓަރީ: މުޙައްމަދު ހަމްޒީލް
ޑެޕިއުޓީ އޯގަނައިޒިންގ ސެކެރެޓަރީ: މުޙައްމަދު އަބްދުﷲ ސައީދު
އިތުރު މެމްބަރުން:
އިބްރާހިމް ޝަފީޤު (އެމްވީކޭ)
މުޙައްމަދު ހަމީދު (އުމަރުބެ)
އިބްރާހިމް އަފީފު
މުޙައްމަދު ޝަރަފު
ހުސައިން ޝާކިރު
މުޙައްމަދު ފަޔާޒު
މުހައްމަދު އަޒުމީ ރަޝީދު
މުޙައްމަދު އިނާޒު
މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ހަރަކާތްތައް އަލުން ފަށައިގަންނަނީ، އެ ސްކޫލަށް 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ކައުންޑައުން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެ ސްކޫލްގެ 95 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން 95 ގަޑިއިރުގެ ދުވުމެއް ވަނީ ބާއްވާފައެވެ.
advertisment
ހިޔާލު