މަތީ ސާނަވީން ފަސް މާއްދާއިން އޭސްޓާ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް، ސީއެޗްއެސްއީގެ ހަ ދަރިވަރުންނާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރަކަށް ލިބިއްޖެއެވެ. ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ އެ ދަރިވަރުންނާ މިރޭ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި މިރޭ ބޭއްވި ޖަލްސާގައި، ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު 79 ދަރިވަރުންނަށް ވެސް ލިޔުން ވަނީ ހަވާލުކޮށްފައެވެ. އެ ދަރިވަރުންނަށް ލިޔުން ހަވާލުކޮށް ދެއްވީ ވަޒީރުންނެވެ. ހައި އެޗީވަރސް ސްކޮލަރޝިޕް ލިބެނީ ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށެވެ.
ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް ހޯދި ފަސް ދަރިވަރުންނަކީ:
- އާމިނަތު ނޫހާ ނިމާލް، 6 އޭ ސްޓަރސް (ސީއެޗްއެސްއީ)
- އިބާ އާދަމް، 6 އޭ ސްޓާރސް (ޖަލާލުއްދީން ސްކޫލް)
- އައިން އަލީ ރަޝީދު، 5 އޭ ސްޓަރސް (ސީއެޗްއެސްއީ)
- މަޢާނީ މުއާވިޔަތު ޝަރީފު، 5 އޭ ސްޓަރސް (ސީއެޗްއެސްއީ)
- މަރިޔަމް މަލްސާ އަލީ، 5 އޭ ސްޓަރސް (ސީއެޗްއެސްއީ)
- ޝަނީ ޝަމީމް، 5 އޭ ސްޓަރސް (ސީއެޗްއެސްއީ)
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް 28 ދަރިވަރަކަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބިފައިވާ ކަމަށެވެ.



ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ލިބުނު ސީއެޗްއެސްއީގެ މަރިޔަމް މަލްސާ އަލީއަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ލިޔުން ހަވާލުކޮށްދެއްވަނީ: ފޮޓޯ: ރައީސް އޮފީސް

advertisment
ހިޔާލު