މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއަށް މެމްބަރުން އިންތިޚާބުކުރުން މިމަހު 20 ގައި

މަޖީދީ ރަންގައި އެ ސްކޫލްގެ މުސްކުޅިދަރިވަރުން ދުވަނީ: މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމަށް އެ ސްކޫލުން ބުނޭ- ފޮޓޯ: މަޖީދިއްޔާ ސްކޫލް

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއަށް މެމްބަރުން އިންތިޚާބުކުރުން މި މަހު ވިހި ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ވިހި ވަނަ ދުވަހު އާންމު ޖަލްސާއެއް ބާއްވާއިރު، ހިންގާ ކޮމިޓީގެ މަޤާމް ތަކަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.

ހިންގާ ކޮމިޓީއަށް 17 މެމްބަރުން އިންތިޚާބު ކުރަންޖެހޭއިރު، 29 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ، އަހުމަދު ސުނިލް (ތިޔަރަ) އާއި ހަސަން ނާޝީދު(ގަހާ) އެވެ.

ނާއިބްރައީސްގެ މަގާމަށް ދެ ބޭފުޅުން އިންތިޚާބު ކުރަންޖެހޭއިރު، ކުރިމަތިލައްވާފައި ވަނީ އަހުމަދު އައްފާލްއާއި މުޙައްމަދު ސިރާޖެއެވެ. ސެކެރެޓަރީގެ މަގާމަށް ކުރިމަތި ލައްވާފައި ވަނީ، ހުސްނީ އަގީލްއާއި މުޙައްމަދު ޝާންއެވެ. ޚަޒާންދާރަކަށް ކުރިމަތިލެއްވީ، މުޙައްމަދު އިނާޒާއި އިސްމާއިލް އިބްރާހިމެވެ. ޚަޒާންދާރުގެ އެހީތެރިއަކަށް ކުރިމަތިލެއްވީ އިސްމާއިލް ސާޖިދު އެކަންޏެވެ. އޯގަނައިޒިންގ ސެކެރެޓަރީއަކަށް އަހުމަދު އައްފާލްއާއި މުޙައްމަދު ހަމްޒީލް ކުރިމަތިލެއްވިއިރު، ޑެޕިއުޓީ އޯގަނައިޒިންގ ސެކެރެޓަރީއަކަށް ކުރިމަތިލެއްވީ އިބްރާހިމް ގިޔާސްއާއި މުޙައްމަދު އަބްދުﷲ ސައީދެވެ. އިތުރު މެމްބަރުންގެ ގޮތުގައި އަށް މެމްބަރުން އިންތިޚާބު ކުރަންޖެހޭއިރު، 16 ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ.

މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ހަރަކާތްތައް އަލުން ފަށައިގަންނަނީ، އެ ސްކޫލަށް 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ކައުންޑައުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *