ޕީޕީއީއާއި ސާފުކުރަން ބޭނުންކުރާނެ ސާމާނު ސްކޫލްތަކަށް ދެނީ

މޯލްޑިވްސް ލޭމްޕް ގެ ދަށުން ރާއްޖޭގެ ސްކޫލްތަކަށް ހަދިޔާ ކުރެއްވި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި ސާފުކުރުމަށް ބޭނުންކުރާނެ ސާމާނު ސްކޫލްތަކާ ޙަވާލުކުރުމަށް މިއަދު ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ސްކޫލްތަކުގެ ފަރާތުން ތަކެއްޗާ ޙަވާލުވެވަޑައިގެންނެވީ މާލޭގެ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އެ ސްކޫލްތަކުގެ އެހެނިހެން އިސް ބޭފުޅުންނެވެ.

އަންނަ ދިރާސީ އަހަރު ސްކޫލްތައް ހުޅުވުމުގެ ކުރިން މިތަކެތި ސަރުކާރުން ހިންގާ 212 ސްކޫލަށް ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ލޭމްޕް އިން މިހާރު ވަނީ ފަށާފައެވެ.

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް" އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޙިއްޞާވެއެވެ. މި ޕްރޮޖެކްޓަށް ލިބިފައިވާ 3.1 މިލިއަން ޔޫ.އެސް ޑޮލަރު ތެރެއިން  ޕީޕީއީއާއި ސާފުކުރަން ބޭނުންވާ ސާމާނު ގަތުމަށް ޚަރަދު ކުރަނީ 1.5 މިލިއަން ރުފިޔާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *