އިލްމީ ދިރާސާތައް ހުށަހެޚުމަށް ޤައުމީ ބާއްވާ ތެވެލި ބައިނަލްއަޤުވާމީ މަހާސިންތާ އަންނަ އޮގަސްޓްމަހު ބާއްވަން ނިންމައިފިއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، މި މަހާސިންތާ މި އަހަރު ޚާއްޞަކޮށްފައި ވަނީ ޤައުމު ބިނާކުރުމަށްޓަކައި ކުރެވޭ ދިރާސާތަކަށް ކަމަށެވެ. މި މިހާސިންތާއަކީ ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާތައް ހެށަހެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސްކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރެންސެވެ. މި ކޮންފަރެންސް އެންމެ މުހިންމު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ޢިލްމު އުފައްދާ، ޢިލްމު ކުރިއަރުވާ ޔުނިވަރސިޓީއަކަށް ވުމެވެ. ދިވެހިރާއްޖެއަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި ޤައުމީ މުޙިންމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާތަކުގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުމެވެ.
މި މަހާސިންތާގައި، އިލްމީދިރާސަތައް ހައްދަވާ ބޭރުގެ މަޝްހޫރު ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދާފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދާފައިވާ ހޯދުންތައް މި މަހާސިންތާގެ ސެޝަންތަކަށް ހުށަހަޅާނެ ކަމަށް ދިވެހި ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. މި މަހާސިންތާއަށް އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވެސް ރިސާރޗް ޕޭޕަރު ހުށަހެޅޭނެ ކަމަށް ވެސް އެ ޔުނިވަރސިޓީން ބުނެއެވެ.
advertisment
ހިޔާލު