ދިރާސީ އާ އަހަރަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށައިފިއެވެ.
އެ މިނިސްޓްރީން ބުނީ އަންނަ ޖުލައި މަހުގެ 15 ކުދިން ހުރިހާ ސްކޫލްތަކަށް ފޮތްތައް ފޮނުވައި ނިމޭނެ ކަމަށެވެ. ސްކޫލްތަޖަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުރީގެ އަރަބިއްޔާ ސްކޫލް ހިންގި އިމާރާތުގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ދިރާސީ އާ އަހަރަށް ފޮތްތައް ސްކޫލްތަކަށް ދޫކުރަމުންދާއިރު، މިދިޔައަހަރު ފޮތްތައް ޗާޕްކުރުމުގައި ދިމާވި ކުށްތައް ރަނގަޅުކޮށްފައިވާނެ ކަމަށެވެ. މައްސަަލަ ޖެހުނީ ގުރޭޑް އެކަކާއި ދޭއްގެ އިތުރުން ގުރޭޑް 12ގެ އިސްލާމް ފޮތުގައެވެ. މި ތިން ގުރޭޑްގެ އިސްލާމް ފޮތުގެ ސޫރަތްތަކެއް އާޔަތްތަކެއް ވަނީ އޮޅިފައެވެ.
ސްކޫލްތަކުގައި ކިޔަވަން ބޭނުންކުރާ ޓެކްސްޓް ފޮތްތަކާއި ސްޓޭޝަނަރީޒް ކޮންމެ އަހަރަކުވެސް ސަރުކާރުން ދެ އެވެ.
advertisment
ހިޔާލު