ތަޖުރިބާ ދަތުރެއްގައި ހަ ޕްރިންސިޕަލަކު އިނގިރޭސި ވިލާތަށް

"ވެހި އެޑިޔުކޭޝަން އެކްސްޕޯޝަރ ޓްރިޕް" ގައި ތަޖުރިބާ ހޯދުމަށް ހަ ޕްރިންސިޕަލަކު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވީ ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުޙައްމަދާއި، އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫހުއާއި އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދާއި، އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ހަސަންއާއި މަޑިފުށީ ސްކޫލްގެ ޕްރިންސިޕަލް އޫޝާ މޫސާއާއި ލ. އިސްދޫ ސްކޫލްގެ ޕްރިންސިޕަލް ހައްވާ ނަޒީހާއެވެ.

ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ދަތުރުގައި އިނގިރޭސި ވިލާތުގެ ސްކޫލްތަކާއި ތަޢުލީމީ އިންސްޓިޓިއުޓްތަކަށް ޒިޔާރަތްކޮށް އެތަންތަން ހިންގާ ގޮތް ބަލައި މޮނީޓާކުރާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ވެހި އެޑިޔުކޭޝަން ޕްރޮގްރާމުގެ ދަށުން އަތޮޅުތެރޭގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުންނާއި މުދައްރިސުން ރާއްޖޭގެ އެކިއެކި ސްކޫލްތަކަށް މައުލޫމާތު ޙިއްސާ ކުރުމުގެ ޕްރޮގްރާމްތަކެއް ވަނީ ހުސްވި އަހަރާއި މި އަހަރުގެ ތެރޭގައި ހިންގާފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *